ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

–
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޗައިނާއިން އީރާނަށް އެހީވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ދަންނަވައިފިއެވެ.

އެމެރިކާގެ ރައީސް މިކަން ހާމަކުރީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވައިޓް ހައުސްގައި ސީދާ ބައްދަލުކުރައްވައި ދެއްކި ވާހަކައިގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީޑިއާއިން މި ވާހަކަ ރިޕޯޓް ކޮށްފައިވަނީ އެމެރިކާއިން ޗައިނާއަށް ކަނޑައަޅާގައި ހުންނަ އެމްބަސެޑަރާ ހަވާލާދީއެވެ.

HajjCop_ads
Advertisement

ޗައިނާގެ ރައީސް ޝީ ޖިންޕިން އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި، ޗައިނާއިން އީރާނަށް އެހީތެރިވުން ހުއްޓުވަން ނުވަތަ ޗައިނާއިން އީރާނަށް ކުރާ ތާއީދު ހުއްޓުވަން އެމެރިކާގެ ރައީސް މަސައްކަތްކުރާނޭ ކަމަށް މީޑިއާއިން ކުރިންވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ޓްރަމްޕާއި ޝީ ޖިންޕިންއާ ދެމެދު ވައިޓް ހައުސްގައި ބޭއްވި މަޝްވަރާތަކުގައި އޭއައިއާއި، ވިޔަފާރިއާއި، ޓެރިފާއި، ޓައިވާންގެ މައްސަލައިގެ އިތުރުން އީރާނު ހަނގުރާމައިގެ މައްސަލަވެސް ހިމެނެއެވެ.

ޗައިނާގެ ރައީސާއެކު ބޭއްވި މަޝްވަރާތަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، ޗައިނާގެ ރައީސާއެކު ކުރެވުނު މަޝްވަރާތަކަކީ ވަރަށް ބިނާކުރުވަނިވި މަޝްވަރާތަކެއް ކަމަށެވެ.

އަސްކަރީ ހަމަލާދީގެން އީރާނު ބަލި ނުކުރެވުމުން އެމެރިކާގެ ރައީސް މިހާރު ގެންދަނީ އިގްތިސާދީގޮތުންނާއި، މާލީގޮތުން އީރާނަށް ދަތިކޮށް ނިކަމެތި ކޮށްލުމަށް މުޅި ދުނިޔޭގައި މަސައްކަތް ކުރަމުންނެވެ.

އެ ފިޔަވަޅުތަކުގެ ދަށުން އީރާނުގެ އެއަރލައިންތައް ބްލޮކްކުރަން ފެށި މަސައްކަތަށް ޗައިނާއިންވަނީ އެއްބާރުލުން ދޭން ދެކޮޅު ހަދާފައެވެ. ޗައިނާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އީރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތަކަކީ ޣައިރުގާނޫނީ ފިޔަވަޅުތަކެއް ކަމަށާއި، އެކަމަށް ޗައިނާ ތާއީދު ނުކުރާ ކަމަށެވެ.

ވިޔަފާރިއާއި، އިގްތިސާދީ ކަންކަމުގައި ޗައިނާއަކީ އީރާނުގެ ވަރަށް ގާތްބައިވެރިއެކެވެ. އީރާނަށް ދަތިކުރަން އެމެރިކާއިން އަޅާ ފިޔަވަޅުތަކުގެ އަސަރު އީރާނަށް ކުރާނީ ޚާއްސަކޮށް ޗައިނާގެ އެއްބާރުލުން ލިބިގެން ކަމަށްވާއިރު، އެމެރިކާގެ ރައީސް ގެންދަނީ އެކަން ކުރުމަށް ޗައިނާއަށް ޕްރެޝަރ ކުރަމުންނެވެ.

އީރާނާ ގުޅުވައި އެމެރިކާގެ ރައީސް ދެއްކި ވާހަކަތަކަށް ޗައިނާގެ ރައީސް ދެއްވި ޖަވާބެއް އަދި ސާފެއް ނުވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ބްލޮކޭޑަކީ ރައްޔިތުން ރުޅިއަރުވައި މަގުތަކަށް ނެރެން ކުރާކަމެއް: އީރާނުގެ ރައީސް

ކާގޯ ބޯޓު އަޑިޔަށްދިޔައީ ނުރައްކާތެރި މަގަކުން ދަނިކޮށް މައިނެއްގައި ޖެހިގެން: އިންގިލާބީ ލަޝްކަރު

އީރާނަށް އިސްވެ ހަމަލާދޭން އިސްރާއީލުން ނޫޅޭ ކަމަށް ނަތަންޔާހޫ ބުނެފި

ހޫޘީން އުޅެނީ އިންތިޚާބުގެކުރިން ގަސްތުގައި ތެލުގެ އަގު ބޮޑުކުރަން: އެމެރިކާގެ ރައީސް