ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަތަންޔާހޫގެ މަތިންދާ ބޯޓު ދިޔައީ ފްރާންސްގެ ވައިގެ ސަރަހައްދުން، އެމްނެސްޓީން ބުނަނީ ފްރާންސްގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް

–
TTH_Ads
Maldivian_Ads
STO_Ads
Advertisement

އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫގެ މަތިންދާ ބޯޓު ފަރަންސޭސި ވައިގެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ އެގައުމުން ދިން މައްސަލަ އެމްނެސްޓީ އިންޓަރނޭޝަނަލްއިން ކުށްވެރި ކޮށްފިއެވެ.

އެކްސްގައި ޕޯސްޓްކުރި މެސެޖެއްގައި އެމްނެސްޓީން ބުނެފައިވަނީ، ފަރަންސޭސިވިލާތުން ގެންގުޅެނީ ދެފުށްދެގޮތް ސިޔާސަތުތަކެއް ކަމަށް ބުނެފައެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހްތިރާމް ކުރަންޖެހޭނޭ ކަމަށް ފަރަންސޭސި ރައީސް އިމެނުއެލް މެކްރޮން އެއްކޮޅުން ވިދާޅުވާއިރު، ނަތަންޔާހޫ ދަތުރުކުރި މަތިންދާ ބޯޓު ފަރަންސޭސި ވައިގެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަދިން މައްސަލަ އެމްނެސްޓީން ފާހަގަ ކޮށްފައި ވެއެވެ.

HajjCop_ads
Advertisement

އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގުމުގެ ކުށުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރަން އުޅޭ ނަތަންޔާހޫ ދަތުރުކުރި މަތިންދާ ބޯޓު ފަރަންސޭސި ވައިގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިނުމުން ނަތަންޔާހޫ އަދަބުން ސަލާމަތް ކުރުމުގައި ފަރަންސޭސިވިލާތް ހިއްސާ ނުކުރޭތޯ، އެމްނެސްޓީން ސުވާލު ކޮށްފައި ވެއެވެ.

މިއީ، މުޖުރިމު ނަތަންޔާހޫ، ފަރަންސޭސި ވައިގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރި 5 ވަނަ ފަހަރެވެ.

އެމްނެސްޓީން ބުނެފައިވަނީ، ބައިނަލްއަގްވާމީ ޤާނޫނުތަކާއި، އިންސާފު ދިފާއުގައި އދގެ އާންމު މަޖިލީހުގައި ފަރަންސޭސި ރައީސް މެކްރޮން ދެއްކީ “ރީތި ވާހަކަތަކެއް” ކަމަށާއި، ނަމަވެސް އަމަލުން ފެނުނީ އެހެންކަމެއް ކަމަށެވެ.

ޣައްޒާއާ ގުޅޭގޮތުން އދގެ މަޖިލީހުގައި މެކްރޮން ދެއްކި ވާހަކަތަކަށް އިޝާރާތްކޮށް ޣައްޒާއާ ގުޅޭގޮތުން ފަރަންސޭސިވިލާތުން ގެންގުޅޭ ސްޓޭންޑާމެދު އެމްނެސްޓީންވަނީ ސުވާލު އުފައްދާފައެވެ. ފަރަންސޭސިވިލާތަށް އޮތް އިތުބާރަކީ ކޮބައިތޯވެސް ސުވާލު އުފައްދާފައި ވެއެވެ.

ފަރަންސޭސިވިލާތުން އިސްރާއީލަށް ހަތިޔާރާއި، އަސްކަރީ ސާމާނު މެދުނުކެނޑި ފޯރުކޮށްދެމުން ގެންދާއިރު، ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގައި ފަރަންސޭސިވިލާތް އަމަލީގޮތުން ބައިވެރިވާ ކަމަށް ނުވޭތޯވެސް، އެމްނެސްޓީން ސުވާލު ކޮށްފައި ވެއެވެ.

ފަރަންސޭސިވިލާތުގެ އިތުރުން، މުޖުރިމު ނަތަންޔާހޫގެ މަތިންދާ ބޯޓު ގްރީސްއާއި އިޓަލީގެ ވައިގެ ސަރަހައްދުވެސް ބޭނުންކޮށްފައި ވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިނަލްއަގްވާމީ ގާނޫނުތަކަށް އިސްރާއީލު ކިޔަމަންކުރުވުމަށް އީރާނުން ސަލާމަތީ މަޖިލީހަށް ގޮވާލައިފި

އީރާނަށް އިސްވެ ހަމަލާދޭން އިސްރާއީލުން ނޫޅޭ ކަމަށް ނަތަންޔާހޫ ބުނެފި

އެއްބަސްވުމަށް އެއްއަހަރު: މިއަދު އެކަނިވެސް ޣައްޒާއިން 9 މީހުން ޝަހީދުކޮށްލައިފި

ރިޔާސީ އިންތިޚާބާ އެއްދުވަހެއްގައި ބާއްވަން، ފަލަސްތީނު ޕާލަމެންޓް އިންތިޚާބު އަންނަ އަހަރަށް ފަސްކޮށްފި