ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ގްލޯބަލް ދުކާން” މެދުވެރިކޮށް ކުރާ ވިޔަފާރިތަކަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަށަައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

“ގްލޯބަލް ދުކާން” މެދުވެރިކޮށް ކުރާ ވިޔަފާރިތަކަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަށަައިފި އެވެ.

“ގްލޯބަލް ދުކާން” އަކީ އިންޑިއާގެ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމްތަކުން ގަންނަ ތަކެތި ރާއްޖެއަށް ފޮނުވައިދޭ ފަރާތެކެވެ. “ގްލޯބަލް ދުކާން” އިން ބުނި ގޮތުގައި މި ނިންމުމަށް އަންނަ ހުކުރު ދުވަހުން ފެށިގެން އަމަލު ކުރާނެ އެވެ.

އެގޮތުން އެ ޕްލެޓްފޯމް މެދުވެރިކޮށް ކުރާ ހުރިހާ މުޢާމަލާތަކަށްވެސް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އެވެ.

HajjCop_ads
Advertisement

މިއީ އިންޑިއާގެ ގިނަ އަދަދެއްގެ ވިޔަފާރި ބްރޭންޑްތައް ހިމެނޭ “ގްލޯބަލް ދުކާން” ޕްލެޓްފޯމުން ވިޔަފާރިކުރާ ދިވެހީންނަށް ލިބޭނެ ބޮޑު ފަސޭހަ އަކަށްވާނެ އެވެ. އެގޮތުން ދެން ބޭރު ފައިސާގެ ލިމިޓަށް ބަރޯސާވާން ނުޖެހޭނެ އެވެ.

ހާއްސަކޮށް އޮންލައިންކޮށް ތަކެތި ގަނެ ރާއްޖެ ގެނެސް ވިޔަފާރިކުރާ ކުދި ވިޔަފާރިތަކަށް މިކަމުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

އިންޑިއާގެ ތަފާތު އެކި އީކޮމާސް ޕްލެޓްފޯމުތައް އެއް ފުރާޅެއްގެ ދަށުން ލިބެން ހުންނަ މި މާކެޓްޕްލޭސްގައި އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ ފެޝަން އަދި އިކިއާ ފަދަ ދުނިޔޭގެ މަގުބޫލު އެތައް ބްރޭންޑްތަކެއް ހިމެނެ އެވެ. މި ޕްލެޓްފޯމުތައް މެދުވެރިކޮށް ފެޝަން އަދި ލައިފްސްޓައިލް ޕްރޮޑަކްޓުތަކާއި، އިލެކްޓްރިކް އަދި އިލެކްޓްރޯނިކް އެކްސެސަރީސްގެ އިތުރުން، ބަދިގެއަށް ބޭނުންވާ ސާމާނާއި ބިއުޓީ އެންޑް ވެލްނެސް ޕްރޮޑަކްޓުތައް ފަދަ ތަފާތު ގިނަ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އެވެ.

މި ހިދުމަތް ބޭނުންކުރުމަށްޓަކައި ގޫގުލް ޕްލޭސްޓޯރުން ނުވަތަ އެޕަލް އެޕްސްޓޯރުން “ގްލޯބަލް ދުކާން” އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން ނުވަތަ އެ ޕްލެޓްފޯމުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ސައިންއަޕްވެ، ލޮގިން ވެވޭނެއެވެ. އެޕަށް ލޮގިންވުމާއެކު ހޯމް ސްކްރީނުން އިންޑިއާގެ މަޝްހޫރު އެކި އީކޮމާސް ޕްލެޓްފޯމްތައް ފެންނަން ހުންނާނެއެވެ.

މި މާކެޓްޕްލޭސް ބޭނުންކުރާ ފަރާތްތަކަށް، ބޭނުންވާ ޕްލެޓްފޯމެއް ހިޔާރުކުރުމަށްފަހު، އެ ތަނަކުން ގަންނަން ބޭނުންވާ ތަކެތި ހޮވައި “ޝޮޕް ވިއާ ގްލޯބަލް ދުކާން” އަށް ފިތާލުމުން ކާޓަށް އެ ތަކެތި އިތުރުވެގެންދާނެއެވެ. އަދި ނަގާ ހުރިހާ ތަނެއްޗަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފަސޭހަކަން ވެސް ލިބިގެންދެއެވެ.

މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން ގެނެސްދިން މި ބަދަލަކީ ދިވެހިންނަށް އޮންލައިންކޮށް ފަސޭހަކަމާއެކު އިތުބާރާއެކު ވިޔަފާރިކުރުމަށް ހުޅުވިގެންދިޔަ ވަރަށް ބޮޑު ފުރުސަތެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު