ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްގަރުގައި 75 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

WhatsApp Image 2026 09 22 at 18.44.53
TTH_Ads
Maldivian_Ads
STO_Ads
Advertisement

މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ފައުންޑޭޝަން އެޅުމަށްޓަކައި އެތަން ކޮނުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މި މަޝްރޫޢަކީ ދިއްގަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ދެހާސް ސައުވީސް ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރާ ކޮންމެ ހައުސިން ޔުނިޓެއްގެ ބޮޑުމިނުގައި 1000 އަކަފޫޓު ހުންނާނެއެވެ.

މި ހައުސިން ޔުނިޓުތަކުގައި ތިން ކޮޓަރިއާއި، ތިން ފާޚާނާއާއި، ސިޓިންގް ރޫމާއި، ބަދިގެއާއި، ކާގެއާއި، ލޯންޑްރީގެ އިތުރުން ސްޓޯރޫމެއް ހިމެނެއެވެ. މީގެއިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ޚާއްޞަ ސަރަހައްދެއްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

ދިހަ ހެކްޓަރުގެ ކުޑަ ދިއްގަރުގެ އާބާދީގައި 1300އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، ރަށުގެ ބޮޑު ބައެއް ގިރަމުންދިއުމުގެ ސަބަބުން ބިމުގެ ޖާގައިގެ ދަތިކަން ވަނީ ބޮޑުވެފައެވެ. އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން 25 ހެކްޓަރުގެ ބިން ހިއްކައި، 138 މީޓަރުގެ ބޭރުތޮއްޓަކާއި، ހަތްސަތޭކަ މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްގެ އިތުރުން 332 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއް ޖަހައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިން ވަނީ ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ މި ހައުސިން މަޝްރޫޢު އިތުރަށް ފުޅާކޮށް، ރަށުގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތައް ހިންގަވާނެކަން އިއުލާނުކުރައްވާފައެވެ. އެގޮތުން 30 އެނދުގެ ހޮސްޕިޓަލަކާއި، ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ އިތުރުން ސްކޫލަށް އިތުރު ނުވަ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ބިނާކުރުން ހިމެނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 14 at 20.07.33

ދ. މީދޫ ޕޮލިސް ސްޓޭޝަންގެ މައި އިމާރާތުގެ މަސައްކަތް ކުރިއަށްއެބަދޭ: އެމްޓީސީސީ

Qw

އާރުޑީސީގެ ހިންގުން އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީއާ ހަވާލުކޮށްފި

WhatsApp Image 2026 10 14 at 10.26.19

ކިނޮޅަސް ޕޮލިސް ޕޯސްޓް އިމާރާތުގެ މަސައްކަތްތައް ނިމެނީ

WhatsApp Image 2025 11 22 at 20.05.47 (1)

އާރުޑީސީއާ ޙަވާލުކޮށްފައިވާ ސިއްޙީ ދާއިރާގެ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް!