ކްރިމިނަލް ކޯޓުގެ އައު އިމާރާތް ބޭނުންކުރަން ފެށިފަހުން އެ ކޯޓުގައި ތާވަލުކުރެވޭ މައްސަލަތަކުގެ އަދަދު ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފައިވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮގަސްޓު މަހު އެ އިދާރާއިން ވަނީ ތަހުގީގީ އިދާރާތަކަށް ހަތްސަތޭކަ ކާފު ނަވަރަ ލަފައެއް ދީފައެވެ. މިއީ މިއަހަރުގެ ޖުލައި މަހު ދިން ލަފާގެ އަދަދާ އަޅައިބަލާއިރު ސަތާރަ އިންސައްތައިގެ އިތުރުވުމެކެވެ.
މި މަޢުލޫމާތުތައް ހާމަކުރައްވަމުން ޕަބްލިކް ޕްރޮސިކިއުޓަރ އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ތަރުޖަމާނު އަޙްމަދު ޝަފީޢު ވިދާޅުވީ، ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި އައު އިމާރާތަށް ބަދަލުވުމާ ގުޅިގެން ޝަރީޢަތްތައް ތާވަލުކުރުމާއި މައްސަލަތައް ނިންމުމުގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ވަކީލުން މިދިޔަ އޮގަސްޓު މަހު އެއްހާސް ދުއިސައްތަ ފަސް އަޑުއެހުމަކަށް ހާޒިރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.

ކޯޓުތަކުގައި މައްސަލަތައް ލަސްވުމުގެ މައްސަލައަކީ މީގެ ކުރިން ބޮޑެތި ކަންބޮޑުވުންތަކެއް އޮތް ކަމެކެވެ. ޖުޑީޝަލް ސާވިސަސް ކޮމިޝަނުން މީގެ ކުރިން ފާހަގަކޮށްފައިވާ ގޮތުގައި، ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އިތުރުކޮށް ޖާގަ ފަހިކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ ވެސް ހުށﺎހެޅޭ މައްސަލަތަކުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް އިންސާފު ގާއިމުކޮށް، މައްސަލަތައް ނިންމުން އަވަސްކުރުމެވެ.










ކިޔުންތެރިންގެ ހިޔާލު