ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ނެޓްވޯކެއް، 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މީހުން އަތުލައިގަނެފައިވަނީ، ކަޅު ބާޒާރުގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތައް ހޯދުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެގޮތުން، މި ހިނގާ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މި 6 މީހުން ހިފަހައްޓާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ އަތުން 18 ގައުމެއްގެ ފައިސާ ފެނިފައިވެއެވެ. އޭގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯގެ އިތުރުން 1,815 ސްޓާލިންގ ޕައުންޑް ހިމެނެއެވެ. މި ހުރިހާ ފައިސާއެއްގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

HajjCop_ads
Advertisement

މި މައްސަލައިގެ ތަހުގީގަށް އެ ފައިސާތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ހައްޔަރުކުރި 6 މީހުންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރަމުންދާ 12 ބިދޭސީއެއްގެ މައްސަލަ މިހާރު ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ގާއިމުކުރި ހޮޓްލައިން މެދުވެރިކޮށް، މިހާތަނަށް 27 މީހަކާއި، 16 އޮންލައިން ޕޯޓަލް އަދި 4 ތަނެއްގެ މައުލޫމާތު ވަނީ ފުލުހުންނަށް ލިބިފައެވެ. އަދި އޭގެ ތެރެއިން އެކަކު މިހާރު ހައްޔަރުކޮށްފައިވާއިރު، އެހެން މައްސަލަތަކުގައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ބިދޭސީ ނެޓްވޯކެއް މިދިޔަ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު ވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ. އަދި މަނީ އެކްސްޗޭންޖު ވިޔަފާރި ކުރުމުގެ ހުއްދަ ނެތި އެ މަސައްކަތް ކުރަމުންދިޔަ “ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް”ގެ އޮފީސް ވެސް މި މަހުގެ 1 ވަނަ ދުވަހު ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Hiyaa

ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ހައްޔަރުކޮށްފި

ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ބައިވެރިވުން

ފ. އަތޮޅުގައި ފަސްޓް އެއިޑް ޓްރެއިނިންގ ކޯހެއް ކުރިއަށް ގެންގޮސްފި

Igmh

މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ