މާލޭގެ ގަލޮޅު ހުވަފެނީގޯޅީގައި ރޭ ދަންވަރު ހިންގި މާރާމާރީއެއްގައި 35 އަހަރުގެ ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، ގަލޮޅު ހުވަފެނީގޯޅީގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 2:32 ހާއިރުއެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.