މާލޭގެ ޝަބުނަމް މަގުގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަޚަމްކޮށްލި މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ސަބުނަމް މަގުގައި ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 48 އަހަރާއި 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށެވެ.
އަނިޔާވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ. އެގޮތުން އެކަކަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ދެވަނަ މީހާއަށް ފަރުވާދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

މި މާރާމާރީގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ނަމަވެސް، މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބު ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު