ފ. އަތޮޅު ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ބޭސިކް ފަސްޓް އެއިޑް ކޯހެއް ކުރިއަށް ގެންގޮސްފިއެވެ.
ފ. އަތޮޅު ޕޮލިހުން އިސްނަގައިގެން ޕޮލިސް މެޑިކަލް ސަރވިސަސްއާއި، ރަށްރަށުގެކައުންސިލުތައް ގުޅިގެން މި މަހު 13 އިން 16 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ އަދި ފީއަލި ހިމެނޭހެން ޖުމުލަ 114 މީހުން ބައިވެރިވިއެވެ.
މި ކޯހުގައި އާންމުކޮށް ދިމާވާ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކާއި، މީހާގެ ހާލަތު ދެނެގަންނާނެ ގޮތްތައް އަދި ޖިސްމާނީ އަނިޔާއެއް ލިބިފައިވާ މީހަކަށް އެހީތެރިކަން ދިނުމުގައި އިތުރަށް ގެއްލުން ނުވާނޭހެން އަމަލުކުރާނެ ގޮތްތަކާއި އެހީތެރިކަން ދޭނެ ގޮތްތައް ކިޔައިދީފައިވެއެވެ. އޭގެ އިތުރުން ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި މަރުހަލާތައް ކިޔައިދީފައިވެއެވެ.

އަދި ސީޕީއާރު ދިނުމާއި އޭއީޑީ އަދި ސްޓޭންޑަޑް ފަސްޓް އެއިޑްގެ ބައިތައް ދަސްކޮށްދިނުމާއެކު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ބޭސިކް ފަސްޓް އެއިޑް ތަމްރީނު ކޯހަކީ އާންމުކޮށް އަދި ކުއްލިއަކަށް ދިމާވާ ހާދިސާތަކާ ގުޅިގެން، އަނިޔާލިބޭ މީހުން ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ގެންދެވެންދެން އެ މީހުންނަށް އަވަސްފަރުވާދިނުމާއި ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރުމަށާއި އެފަދަ ކަންކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދެވޭ ތަމްރީނެކެވެ.










ކިޔުންތެރިންގެ ހިޔާލު