ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި ބިދޭސީއަކު އުމުރަށް ޖަލަށް

criminal court
STO_Ads
Maldivian_Ads
TTH_Ads
Advertisement

ތ. ގުރައިދޫ ސިނާއީ ސަރަހައްދުގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހު އަލޮމް މިއާ މަރާލި މައްސަލައިގައި އެ ގައުމުގެ ބަބުލް މިއާ އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2020 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ގުރައިދޫގެ ސިނާއީ ސަރަހައްދުގައި ހިންގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޝާހު އަލޮމް މަރާލި މައްސަލައިގައި ދައުލަތުން ބަބުލް މިއާގެ މައްޗަށް އުފުލި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ ދައުލަތުން އުފުލި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ބަބުލް މިއާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައެވެ.

HajjCop_ads
Advertisement

މައްސަލައިގެ ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ މަރުވި ޝާހު އަލޮމްގެ ވާރިސުންގެ ބަސް ހޯދުމުން، މަރުގެ ބަދަލުގައި މަރު ހިފަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ މަރުގެ ދިޔަ ހޯދުމަށް ކަމަށް ވާރިސުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމާއެކު އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޯޓުން ވަނީ އިއްވާފައެވެ.

އުމުރަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް، މައްސަލައިގެ ތަހުގީގަށާއި ޝަރީއަތަށް ބަބުލް މިއާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރާނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ. މީގެ އިތުރުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމަށްވެސް ކޯޓުން ވަނީ އޭނާއަށް އަމުރުކޮށްފައެވެ.

ގުރައިދޫގެ ސައިޓެއްގެ ތެރޭގައި ހިންގި މި ހާދިސާގައި ޝާހު އަލޮމްގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާދީ ބޮޑެތި ޒަހަމްތަކެއް ދީފައިވާ އިރު، އޭނާ މަރުވީ އެ ޒަހަމްތަކުގެ ސަބަބުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big yaxb9elpng9gjuvjv0mpefhnr

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހިންގާ ދެ މައްސަލައެއްގެ އަޑުއެހުންތައް ތާވަލުކޮށްފި

criminal court

ކެނަބިސް ޓްރެފިކް ކުރި މީހަކު 14 އަހަރަށް ޖަލަށް ލުމާއެކު 50,000 ރުފިޔާއިން ޖޫރިމަނާކޮށްފި

ނަޝީދަށް ދިން ބޮމުގެ ހަމަލާ: ދެ މީހެއްގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި

Saeed

ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ މަންޒަރު ފަތުރައިގެން މާލީ މަންފާ ހޯދި ތިން މީހަކު ޖަލަށްލާން ހުކުމްކޮށްފި