ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ މަންޒަރު ފަތުރައިގެން މާލީ މަންފާ ހޯދި ތިން މީހަކު ޖަލަށްލާން ހުކުމްކޮށްފި

Saeed
Maldivian_Ads
TTH_Ads
STO_Ads
Advertisement

ޓެލެގްރާމް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކޮށް، ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުން ދިޔަ މައްސަލައިގައި ތިން މީހަކު ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ޖަލަށްލާން ހުކުމްކޮށްފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީއާއި، ކ. މާލެ، ދަފްތަރު ނަންބަރު ރސ14751 ނާޞިފް ޢަލީގެ އިތުރުން ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙެވެ. ދައުލަތުން މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއާއި، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ޒުބައިރު ޢަލީގެ މައްޗަށް އުފުލި އޮރިޔާން ކާޑު ގެންގުޅުމުގެ ފުރަތަމަ ދައުވާގައި 18 ދުވަހުގެ ޖަލު ހުކުމެއް، ދެވަނަ ދައުވާގައި އެއް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަދި ތިންވަނަ ދައުވާގައި ނުވަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން މަނީ ލޯންޑްރިންގެ މައްސަލައިގައި ޒުބައިރުގެ މައްޗަށް ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއެކު 600,000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ.

HajjCop_ads
Advertisement

މަނީ ލޯންޑްރިންގެ މައްސަލައިގައި އިސްމާޢީލް ޒަބީޙުގެ މައްޗަށް އިއްވާފައިވަނީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއެކު 100,000 ރުފިޔާގެ ޖޫރިމަނާއެކެވެ. މީގެ އިތުރުން ނާޞިފް ޢަލީގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އިއްވާފައިވަނީ ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއެކު 263,232 ރުފިޔާގެ ޖޫރިމަނާއެކެވެ.

ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެ މީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް ނުވަ އެކައުންޓަކާއި، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒްކޮށްފައިވެއެވެ.

މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241,651 ފޮޓޯއާއި 86,618 ވީޑިއޯ ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ ހިމެނޭހެން، ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ މާއްދާތައް ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ފާހަގަކުރެވިފައިވެއެވެ.

މި ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34,680 މީހުން ސަބްސްކްރައިބްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ނަހަމަ ގޮތުގައި ހޯދާފައިވާކަން ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައިފި

Qw

އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު ސިވިލް އާއި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހަލުއިވެގެންދާނެ: ޖޭއެސްސީގެ ރައީސް

8u

ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ތިން ބޭފުޅަކު އައްޔަންކުރަން ޖޭއެސްސީން ނިންމައިފި

88887

8 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިންޑިއާގެ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި