ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

DSC 2347 (2)
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޕީއެންސީއަކީ “ފުރަތަމަ ޤައުމު” އިސްކުރުމުގެ ސިޔާސަތު ގެންގުޅޭ ބިނާކުރަނިވި ފިކުރު ކަމަށާއި، ނަމަވެސް ދެން ހުރި ޕާޓީތަކުން ގެންގުޅެނީ ފަނާކުރަނިވި ފިކުރެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކީވެސް ޤައުމުގައި ހިނގާ ކަންކަމާމެދު އަމިއްލަ ސިކުނޑިން ވިސްނައި، ޤައުމީ މަޞްލަޙަތު އިސްކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި ކަންކަން ހިނގާފައިވާ ގޮތާއި މިހާރު ކަންކަން ވަމުންދާ ގޮތްތަކަށް ރަނގަޅަށް ބަލައިލުމުން، ފަނާކުރަނިވި ފިކުރާއި ބިނާކުރަނިވި ފިކުރާ ދެމެދުގައިވާ ބޮޑު ތަފާތު ސާފުކޮށް ފެންނަން އޮންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިކަން ވިސްނައި، އެ އަމާޒުގައި މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށް ވިދާޅުވަމުން، ޤައުމަށް އެންމެ ހެޔޮ ގޮތަކީ ޕީއެންސީއާއެކު ކުރިއަށް ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް ދިވެހިންގެ ކިބައިގައި ހުންނަންޖެހޭ އިޙްތިރާމް ކުރުމުގެ ރީތި އާދަތަކާއި އިޖުތިމާޢީ މާތް ސިފަތައް އަލުން އިއާދަކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ނަމަވެސް ދިވެހިންގެ އިޖުތިމާޢީ ފޭރާން ހަލާކުވެފައިވާ ކަންކަން ރަނގަޅުކޮށް، މުޖުތަމޢު އިޞްލާޙު ކުރުމަށް މަސައްކަތްކުރާ ހިނދު، ޕީއެންސީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކުން އެކަމަށް އެއްބާރުލުން ނުދޭ ކަމަށް ރައީސް ވިދާޅުވިއެވެ. ޤައުމަށް ފައިދާހުރި ކަންކަން ކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ތާޢީދު ގެއްުލުނު ނަމަވެސް، އެމަނިކުފާނު އެންމެ އިސްކަންދެއްވަނީ ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

2033 އަންނަންވާއިރަށް އަހަރަކު 5 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

DSC

ސަރުކާރުގެ އެންމެ އިސް ސިޔާސަ​​ތަކީ އިހުލާސްތެރިކަމާއެކު އަދުލުވެރިކަން ގާއިމުކުރުން: ރައީސް