ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީއަކީ ރައްޔިތުންގެ އެންމެ ބޮޑު ތާއީދާއި އިތުބާރު ހޯދި ޕާޓީކަމަށް ރައީސް ވިދާޅުވެއްޖެ

Sstv FORM FOR EC
TTH_Ads
Maldivian_Ads
STO_Ads
Advertisement

ޕީއެންސީގެ ފިކުރަކީ ގުނޑުމެއް ނާންނާނެ ވަރުގަދަ ފިކުރެއްކަމަށާއި އެ ޕާޓީއަކީ އެންމެ ކުރު މުއްދަތެއްގައި ރައްޔިތުންގެ އެންމެ ބޮޑު އިތުބާރު ލިބިފައިވާ ޕާޓީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބޭއްވި އިތުރުބުރުގެ ވޯޓުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވަނީ އެ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީއަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަށް މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ޕީއެންސީގެ ފިކުރަކީ އިސްލާމްދީން ޙިމާޔަތްކުރުމާއެކު، ދިވެހިރާއްޖޭގައި އަމާންކަމާއި ޞުލްޙަވެރިކަން ނަގަހައްޓައި، ޤައުމަށް ބޭނުންވާ ކުރިއެރުމާއި ތަރައްޤީ ހޯދައިދިނުމުގައި ސާބިތުވެ އޮންނަ ފިކުރެއްކަމަށް ރައީސް ސިފަކުރެއްވިއެވެ. ފާއިތުވި މުއްދަތުގައި ސަރުކާރުން ކުރި މަސައްކަތްތަކުންނާއި ޕީއެންސީގެ ފަރާތުން ރައްޔިތުންނަށް ފެނިގެންދިޔައީ މި ސިޔާސަތުތައް އަމަލީގޮތުން ތަންފީޒުކުރަމުންދާ މަންޒަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި ދޫކޮށްލާފައިވާކަން ފާހަގަކުރައްވައި، އެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް ބައިނަލްއަޤުވާމީ މިންގަނޑުތަކުގެ ތެރެއިން މިހާރު ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ޚަރަދު ބޮޑު މަސައްކަތަކަށް ވިޔަސް، ޤައުމުގެ ޙައްޤުގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިން އިސްކުރުމުގެ ސިޔާސަތެއްކަން ފާހަގަކުރައްވަމުން، ދިވެހި ރައްޔިތުންގެ ތަރައްޤީއަށް އެހީތެރިވާ ކޮންމެ ޤައުމަކާވެސް ގާތް ގުޅުމެއް ބާއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުގައި އިސްރާއީލާއެކު އެއްވެސް ގުޅުމެއް ނޯންނާނެކަން ކަށަވަރުކޮށްދެއްވަމުން، އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭނެކަން ކަނޑައެޅީ މި ސަރުކާރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ތަންފީޒުކުރާ ކޮންމެ ސިޔާސަތެއްގެ މައިގަނޑު އަސާސަކީ އިސްލާމްދީނަށް ނަޞްރުދިނުންކަމުގައި ރައީސް ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471947 631ab307 e

ޤައުމީ ވަޤުފު ކުންފުނީގެ ސަބަބުން ދީނީ ކަންކަމަށް އައު ދިރުމެއް ލިބޭނެ: ރައީސް

PNC leadership

ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ މަޤާމުތަކަށް 113 މެންބަރަކު ވާދަކުރައްވަނީ

pnc office

ޕީއެންސީގެ މެންބަރުންގެ މަޖިލީހުން އަންހެނުންނަށް ހާއްސަކުރި 10 ގޮނޑިއަށް 23 ކަބަލުން ވާދަކުރައްވަނީ

PNC

ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ 18 ގޮނޑިއަށް 73 ބޭފުޅުން ވާދަކުރައްވަނީ