ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްބީއައި ޓީ-ބިލް ދެއްކީ އާންމުންގެ ޑިޕޮސިޓް ފައިސާއިން ނޫން: ފިނޭންސް މިނިސްޓްރީ

Qw
Maldivian_Ads
TTH_Ads
STO_Ads
Advertisement

ފިނޭންސް މިނިސްޓްރީން ބުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނަގާފައިވާ ފަންސާސް މިލިއަން ޑޮލަރުގެ ޓީ-ބިލް ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ނޫން ކަމަށެވެ.

އެ ފައިސާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށް އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ. މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ، މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ. މިއީ ކުރީގެ ސަރުކާރުން ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމުގެ ގޮތުން ވިއްކާފައިވާ ޓީ-ބިލެކެވެ.

މި ޓީ-ބިލް ކަނޑައެޅިފައިވާ ތާރީޚަށް ދައްކައި ޚަލާސްކުރާނެ ކަމަށް މިއަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވިދާޅުވެފައިވާކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރިއެވެ. ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

HajjCop_ads
Advertisement

ދަރަނި އަދާކުރުމުގެ ސަބަބުން ގައުމުގެ ރަސްމީ ރިޒާވަށް އަސަރުކޮށް، ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން މިހާރު މިވަނީ ސާބިތުވެފައެވެ. ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމުގެ އިންތިޒާމުތައް މިހާރުވެސް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ސަރުކާރުންދެއެވެ.

މި މައްސަލާގައި ކުރީގެ ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރައްވާފައިވީ ނަމަވެސް، ސަރުކާރުން ދަނީ ދަރަނިތައް ނިންމުމަށް ޒިންމާދާރުކަމާއެކު ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ދައުލަތުގެ މާލީ ހިންގުން ހަރުދަނާކޮށް، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މާލީ ވުޒާރާއިން ބުނެފައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ރަސްމާލެ މަޝްރޫއުން ދައުލަތަށް 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ: ޒަރީރު

minister Zareer

އީގަލް ހިލްސްއިން ރާއްޖޭގައި އިންވެސްޓްކުރަނީ ޤާނޫނާ އެއްގޮތަށް، ބިމެއް ވިއްކާނުލާ: މާލީ ވަޒީރު

minister Zareer

ރަސްމާލޭގެ ބިޔަ މަޝްރޫޢާއެކު އިތުރު 1 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭނެ: ޒަރީރު

finance ministry

ދަރަނި އަދާކުރުމުގެ ހަރަދު ނުލައި 2.3 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް