ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ އެއްވެސް މެންބަރަކު ބާކީނުވާނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވާ: ފަލާޙް

788
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެއްވެސް މެންބަރަކު ބާކީނުވާނެކަމުގެ ޔަގީންކަން ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ކަމަށް، އެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

މި ވާހަކަފުޅު ފަލާޙް ދެއްކެވީ ސޯޝަލް ސެންޓަރުގައި ބޭއްވި ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ މިހާތަނަށް ކުރެވުނު ތަޖުރިބާއަށް ބަލާއިރު، ޕާޓީގެ އެއްވެސް މެންބަރަކު ބާކީ ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ ކޮންމެ މެންބަރެއްގެ ވެސް ޚިދުމަތް އެންމެ ގާތުން އަދި އެންމެ އިޚްލާޞްތެރިކަމާއެކު ބަލައިގަންނަ ވެރިއެއް ކަމަށެވެ. އެކި ވެރިންގެ އަރިހުގައި މަސައްކަތް ކުރެއްވުނު ނަމަވެސް، ރައީސް މުޢިއްޒަކީ އެންމެން ކުރާ މަސައްކަތުގެ އަގު ވަޒަންކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މި ނިމުނު ކޮންގްރެސްއަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާފައިވާ އެންމެ ފުރިހަމަ ކޮންގްރެސް ކަމާމެދު އިދިކޮޅު ފަރާތްތަކުން ވެސް ދެކޮޅެއް ނުހަދާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކަށް އަނިޔާކޮށް، ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި 18000 އަށްވުރެ ގިނަ މުވައްޒަފުން ސަރުކާރަށް ވައްދާފައިވާއިރު، މި ސަރުކާރުގައި 4000 މުވައްޒަފުންވެސް ވައްދާފައި ނުވާކަން ފިނޭންސް މިނިސްޓަރުގެ ވާހަކަފުޅުން ސާފުވާކަމަށް ފަލާޙް ވިދާޅުވިއެވެ. އެހެންކަމުން ކުރީގެ ސަރުކާރުގެ ގިނަ މުވައްޒަފުން މިހާރު ވެސް ސަރުކާރުގެ ވަޒީފާތަކުގައި އެބަތިބި ކަމަށާއި، އެއިން އެއްވެސް ބޭފުޅަކަށް ސިޔާސީ ބަދުނާމެއް އަޅުވައި ވަކިކޮށްފައި ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕީއެންސީއަކީ ވަރަށް ރަނގަޅަށް ތަރުތީބު ކުރެވި، ގާބިލު އަދި ތަޖުރިބާކާރު ބޭފުޅުން މަގާމުތަކަށް އައްޔަން ކުރެވިފައިވާ ޕާޓީއެއް ކަމަށް ފަލާޙް ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ރައީސް މުޢިއްޒު ކަމަށާއި، އެ އިންތިޚާބު އެއްބުރުން ރައީސް ކާމިޔާބު ކުރައްވާނެ ކަމަށް އެންމެން އިއްތިފާގުވާ ކަމަށް ވިދާޅުވެ އޭނާ ވާހަކަފުޅު ނިންމަވާލެއްވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Geealaa

މެންބަރުންގެ އިންޝުއަރެންސް ކަނޑާލަން އެދޭ ޕެޓިޝަން މަޖިލީހަށް ގެނެސް ރައްޔިތުން އެދޭ ގޮތަށް ނިންމާނަން: ފަލާހު

43

ޕީއެންސީ ބައިބައި ނުކުރެވޭނެކަމަށް އަބްދުއްރަހީމާއި ފަލާހު ވިދާޅުވެއްޖެ

43

އަސްމާ ޕާޓީން ވަކިކުރަން އުޅޭ ވާހަކަ ޕީއެންސީން ދޮގުކޮށްފި

Oo

ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ ގުޅުމެއް ނެތް: ފަލާހު