ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލޭގެ ފަސްގަނޑު މިހާރު އިދިކޮޅަށް ފެންނަނީ ރަންގަނޑެއްގެ ގޮތުގައި: ފަލާހް

988
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރަސްމާލެ މަޝްރޫއަކީ ބޭކާރު އިސްރާފެއް ކަމަށް ކުރިން ދެކެމުން އައި އިދިކޮޅު އެމްޑީޕީއަށް މިހާރު އެ ތަނުގެ ފަސްގަނޑު ފެންނަނީ ރަންގަނޑެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީން ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ މި ސަރުކާރުން ފެށި ރަސްމާލެ މަޝްރޫއަކީ އެއްވެސް މީހަކު ދިރިއުޅެން ނުދާނެ އަދި އިންވެސްޓަރަކު އިންވެސްޓު ނުކުރާނެ ބޮޑު އިސްރާފެއްގެ ގޮތުގައި ކުރިން އެ ޕާޓީން ސިފަކުރި ކަމަށެވެ. ނަމަވެސް މިއަދު އެމްޑީޕީން އެ މައްސަލަ ހުށעޅުމުން އެ ޕާޓީއަށް ރަސްމާލޭގެ ފަސްގަނޑުގެ އަގު ވަޒަންކުރެވި، އެއީ ރަންގަނޑެއްގެ ގޮތުގައި ފެންނަން ފަށާފައިވާކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅީ ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީން އެ މައްސަލަ ބޭރުކޮށްލާނೆ ކަމަށް ހީކޮށްގެން ކަމަށް ފަލާހް ފާހަގަކުރެއްވިއެވެ. ނަމަވެސް ޕީއެންސީން އެ މައްސަލަ ބަލައިގަތުމުން، އެކަމަށް އެއްވެސް މައުލޫމާތެއް ސާފުނުކޮށް ތިބުމުގެ ސަބަބުން އެމްޑީޕީގެ އިސް މެންބަރުންނާއި މައްސަލަ ހުށަހه‌ޅުއްވި މެންބަރުވެސް މަޖިލިސް މާލަމުގައި މަޑުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މީގެއިތުރުން ފާފު އަތޮޅުގައި ކުރިން ހިންގަން އުޅުނު މަޝްރޫއާ ދެކޮޅަށް އެމްޑީޕީން ދެއްކި ވާހަކަތަކާއި މިހާރު ދައްކާ ވާހަކަތަކާ އެއްވެސް ތަފާތެއް ނެތް ކަމަށް ފަލާހް ވިދާޅުވިއެވެ. އީގަލް ހިލްސްއާ އެކު އަދި އޮތީ ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ކަމަށާއި، ރާއްޖޭގެ ޓޫރިޒަމް ގާނޫނުގެ ދަށުން ނުވަދިހަ ނުވަ އަހަރަށް ތަންތަން ދޫކުރެވޭ އުސޫލު އެމްޑީޕީއަށް އެނގޭއިރު، މިއީ ބިލިއަންޑޮލަރުގެ މަޝްރޫއެއްގައި ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ރަސްމާލެ މަޝްރޫއުން ދައުލަތަށް 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ: ޒަރީރު

Heena

ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ ބޭރުގެ އިންވެސްޓްމަންޓް: ހީނާ

anni raees nasheed

އީގަލް ހިލްސް އެއްބަސްވުން މަޖިލީހަށް ފޮނުވަން ނަޝީދު އެދިވަޑައިގެންފި

788

ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު އީގަލް ހިލްސްއަށް ލިބުމަކީ ފަހުރެއް: އަލައްބާރު