ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައިދީންނަށް ސިއްހީ ފަރުވާ ލިބުން ލަސްވާ މައިގަނޑު ސަބަބަކީ އެސްކޯޓު ކުރާނެ އޮފިސަރުން ނެތުން: އެޗްއާރުސީއެމް

88887
STO_Ads
TTH_Ads
Maldivian_Ads
Advertisement

ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ސިއްހީ ފަރުވާ ލިބުން ލަސްވާ މައިގަނޑު ސަބަބަކީ އެމީހުން ހޮސްޕިޓަލަށް ގެންދިއުމަށް އެސްކޯޓު ކުރާނެ ޖަލު އޮފިސަރުން ނެތުން ކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެ ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެކެއް ޖަނަވަރީ 2024 އިން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ސިއްހީ ފަރުވާ ލަސްވެގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އޮފިސަރުން ނެތުމުގެ މައްސަލައެވެ. އެގޮތުން 2024 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ 49.5 އިންސައްތަ އަދި މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ 46.9 އިންސައްތަ މައްސަލައަކީ އެސްކޯޓު ކުރާނެ އޮފިސަރުން ދަތިވުމުގެ މައްސަލަތަކެވެ. މީގެ އިތުރުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހުށަހެޅުނު މައްސަލަތަކުގެ 63.2 އިންސައްތައަކީވެސް ހަމަ މި ސަބަބާ ހުރެ ފަރުވާ ލަސްވި މައްސަލަތަކެވެ.

ޖަލު އޮފިސަރުން ނެތުމުގެ އިތުރުން ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ދިމާވާ ދެވަނައަށް އެންމެ ބޮޑު ގޮންޖެހުމަކީ ޚާއްސަ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓްތައް ލިބުން ލަސްވުމުގެ މައްސަލަކަން އެޗްއާރުސީއެމްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އިދާރީ ގޮތުން އަރާ އޮޅުންތަކުގެ ސަބަބުން ފަރުވާ މެދުކެނޑުމާއި ލަސްވުމުގެ މައްސަލަތައް އަހަރުން އަހަރަށް އިތުރުވަމުންދާކަން ވެސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

HajjCop_ads
Advertisement

އޭގެ އިތުރުން މާފުށީ ޖަލުން އެކަށީގެންވާ ސިއްހީ ޚިދުމަތްތައް ލިބެން ނެތުމާއި، ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންގޮސް ބައިއްތިއްބާނެ އެކަށީގެންވާ ޖާގަ ނެތުމަކީ ވެސް ފަރުވާ ލަސްވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މީގެ އިތުރުން 2024 ވަނަ އަހަރު ބޭސް ދިނުން މެދުކަނޑާލި މައްސަލަތަކާއި އޮފިސަރުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ނުލިބުނު ބައެއް މައްސަލަތައް ވެސް އެ ކޮމިޝަނަށް ވަނީ ހުށަހެޅިފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ihsaan

ވިހެއުމަށްފަހު މަންމަގެ ނުރުހުމުގައި ދަރިފުޅު ނެގި މައްސަލައިގައި އެޗްއާރްސީއެމްއިން މިނިސްޓްރީއަށް ވަދެއްޖެ

66

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަހުގީގެއް އެޗްއާރްސީއެމް އިން ހިންގަނީ

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް ރަމީލާ ޢައްޔަންކުރައްވައިފި

HRCM

ދިރާސާއެއްގައި ޣައިރު ދީން އޮންނަން ފެނޭތޯ ސުވާލުނުކުރަން: އެޗްއާަރްސީއެމް