ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް ރަމީލާ ޢައްޔަންކުރައްވައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސަކަށް ކުރީގެ ވަޒީރު ޑރ. އާއިޝަތު ރަމީލާ މިއަދު އައްޔަނުކުރައްވައިފި އެވެ.

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާ އައްޔަނުކުރަން ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެޗްއާރްސީއެމްގެ ރައީސްކަށް ޑރ. ރަމީލާ އައްޔަނުކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ.

HajjCop_ads
Advertisement

ހުސްވި ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ރަމީލާ ވަނީ އައްޔަނުކުރައްވާފަ އެވެ.

ޑރ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ.

މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާއެކު އެޗްއާރުސީއެމްގެ ރައީސްގެ މަގާމުވެސް ކުރިން އޮތީ ހުސްކޮށެވެ.

ޑރ. ރަމީލާއަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަނުކުރެއްވި ފުރަތަމަ ވަޒީރެވެ. އެހެންނަމަވެސް ޞިއްޙީ ޙާލުކޮޅު އޭރު ހުރިގޮތުން 2024 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު އެކަމަނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރުމުގެ ފަސް ދުވަހުގެ ޕްރޮގްރާމެއް ލ. ގަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ފަށައިފި

88887

ގައިދީންނަށް ސިއްހީ ފަރުވާ ލިބުން ލަސްވާ މައިގަނޑު ސަބަބަކީ އެސްކޯޓު ކުރާނެ އޮފިސަރުން ނެތުން: އެޗްއާރުސީއެމް

Ihsaan

ވިހެއުމަށްފަހު މަންމަގެ ނުރުހުމުގައި ދަރިފުޅު ނެގި މައްސަލައިގައި އެޗްއާރްސީއެމްއިން މިނިސްޓްރީއަށް ވަދެއްޖެ

dr Rameela

ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤަށް ހުރަސް އެޅޭނެކަމެއް ނުކުރުމަށް ގޮވާލައިފި