ހިއުމަން ރައިޓްސް ކޮމިޝަން އޮދް ދަ މޯލްޑިވްސް، އެޗްއާރްސީއެމްގެ ދެކުނު ސަރަޙައްދީ އޮފީސް ޤާއިމުކުރުމަށް އައްޑޫ ސިޓީ ހިތަދޫން ބިމެއް ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެޗްއާރްސީއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢާއިޝަތު ރަމީލާއެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މެޔަރު އަލީ ނިޒާރުއެވެ.

އެޗްއާރްސީއެމްގެ އޮފީސް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ބިމުގެ ބޮޑުމިނަކީ 3500 އަކަފޫޓެއެވެ. އެޗްއާރްސީއެމްއިން ވިދާޅުވީ މިއީ އެ ސަރަޙައްދުގައި ކޮމިޝަނުގެ ޚިދުމަތްތައް ފުޅާކޮށް، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.

އިޝްތިހާރު އިޝްތިހާރު
އެޗް.އާރް.ސީ.އެމްގެ ދެކުނު ސަރަޙައްދީ އޮފީސް ޤާއިމުކުރުމަށްޓަކައި އައްޑޫ ސިޓީން ބިމެއް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި، މި ކޮމިޝަނާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު 25 ނޮވެމްބަރު 2026 ގައި ސޮއިކޮށްފިއެވެ. މިއީ އެ ސަރަޙައްދުގައި ކޮމިޝަނުގެ ޚިދުމަތްތައް ފުޅާކޮށް، އިންސާނީ …

މާލެ ފިޔަވައި އެޗްއާރްސީއެމްގެ މަސައްކަތްކުރަނީ އައްޑޫ ސިޓީގައެވެ. ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ސަދަން ރީޖަނަލް އޮފީސް އައްޑޫ ސިޓީ ހިތަދޫގައި ހުޅުވައި ޚިދުމަތް ދޭން ފަށާފައިވަނީ، 2014 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 21 ވަނަ ދުވަހުގައެވެ. އެ އޮފީސް ހިންގަނީ އަމިއްލަ މީހެއްގެ އިމާރާތެއްގައެވެ.

އެޗްއާރްސީއެމްގެ މެންޑޭޓުގައި 4 ސަރަހައްދެއްގައި އޮފީސްތައް ޤާއިމްކުރުން ހިމެނެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އުފެދިފައިވަނީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދަމަހަށްޓައި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުއާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާގޮތުގެމަތިންއެވެ