ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިހެއުމަށްފަހު މަންމަގެ ނުރުހުމުގައި ދަރިފުޅު ނެގި މައްސަލައިގައި އެޗްއާރްސީއެމްއިން މިނިސްޓްރީއަށް ވަދެއްޖެ

Ihsaan
STO_Ads
TTH_Ads
Maldivian_Ads
Advertisement

ވިހެއުމަށްފަހު މަންމަގެ ނުރުހުމުގައި ތުއްތު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ބަލައި ފާސްކުރުމުގެ އަމުރަކާއެކު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީއަށް ވަދެއްޖެ އެވެ.

އެ ކޮމިޝަނުން އަމުރާއެކު ހުޅުމާލޭގައި ހުންނަ އެ މިނިސްޓްރީގެ އޮފީހަށް ވަނީ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެޗްއާރްސީއެމްގެ ތަހުގީގު ޓީމުން ދަނީ އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހޯދައި، ކަމާބެހޭ މުވައްޒަފުންނާ އިންޓަވިއުކޮށް މައުލޫމާތު އެއްކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން އެޗްއާރްސީއެމްއިން ބުނީ، އެ ކޮމިޝަނުގެ ތަހުގީގަށް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އެ ކޮމިޝަނުން ދަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އިޖުރާއަތްތައް ހިންގާފައިވަނީ ގާނޫނާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރަމުންނެވެ.

HajjCop_ads
Advertisement

މި މައްސަލަ ސޯޝަލް މީޑިއާގައި އާންމުކުރީ ކުއްޖާގެ މަންމައެކެވެ. އޭނާ ބުނެފައިވަނީ އުފަންވިތާ ތިން ދުވަސްވީ ދަރިފުޅު އޭނާގެ ނުރުހުމުގައި ދައުލަތަށް ނެގީ އޭނާގެ ނަފްސާނީ ހާލަތަށާއި އަތުގެ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް ކަމަށެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާނީ އާއިލާގެ ތެރެއިން ރައްކާތެރިކަން ނުލިބޭ ހާލަތުގައި އެކަނި ކަމަށެވެ. އަދި އެ ނިންމުން ނިންމާފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކުއްޖާގެ އެންމެ ރަނގަޅު މަންފާއަށް އިސްކަންދީގެން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަހުގީގެއް އެޗްއާރްސީއެމް އިން ހިންގަނީ

ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް ރަމީލާ ޢައްޔަންކުރައްވައިފި

HRCM

ދިރާސާއެއްގައި ޣައިރު ދީން އޮންނަން ފެނޭތޯ ސުވާލުނުކުރަން: އެޗްއާަރްސީއެމް

447067 36f1ca79 8

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ޑރ. ރަމީލާ އައްޔަންކުރައްވައިފި