ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުން ބޭނުންވާ އަމާންކަމާއި ފާގަތިކަމަށް، ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަންޖެހޭ: އަބްދުއްރަހީމް

TTH_Ads
STO_Ads
Maldivian_Ads
Advertisement

ދިވެހިރައްޔިތުން ބޭނުންވާ އަމާންކަމާއި ފާގަތިކަން ގެނެވޭނީ ޕީއެންސީ ދެވަނަ ދައުރަކަށް ހޮވައިގެންކަމަށާއި، ކޮންގްރެސް ޕާޓީ، ޕީއެންސީގެ އަމާޒަކަށް ވާންވީ 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުންކަމަށް ޕީއެންސީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް އިފްތިތާޙީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒަކީ، ޤައުމިއްޔަތު އިސްކުރައްވާ ރައްޔިތުންނަށް އަމާނާތްތެރި ލީޑަރެއްކަމަށެވެ. އަދި އެ މަނިކުފާނާއި، ޕީއެންސީއަކީ ޤައުމާއި ރައްޔިތުން އިސްކުރާ، ޤައުމީ ޖޯޝުހުރި ޕާޓީއެއްކަމަށް ވިދާޅުވިއެވެ.

އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަކީ ޕީއެންސީގެ ހަގީގީ މަސައްކަތް ފެށުންކަމަށް ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީން އަމާޒުހިފަންވީ، 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ހިމޭންކަމާއި އަމާންކަން ގެނެވޭނީ ޕީއެންސީ ދެވަނަ ދައުރަކަށް ވެރިކަމަށް އައިސްގެންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“އަޅުގަނޑުމެންގެ މަސައްކަތް އަދި ކިރިޔާ ފެށުނީ. އަޅުގަނޑުމެން އަމާޒުހިފާންވީ 2023ގެ އިންތިޚާބު ކާމިޔާބުކުރި ގޮތަށް ވުރެ ފަސޭހައިން 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީއެންސީއަށް ކާމިޔާބުކޮށްދޭން. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުން ގުޅިފައިވަނީ ކޮންގްރެސް ޕާޓީއާ ދިވެހިންގެ ކަންކަން ނިންމަނީ ދިވެހިންކަމަށް ހެދުމަށާ، ދިވެހިން ފުދުންތެރިކުރުމަށް ފިތުނަވެރިކަމާ އަނިޔާވެރިކަމަށް ޖާގައެއް ނޯންނާނެ” ޕީއެންސީގެ ޗެއަރޕަރސަން ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، 2019ވަނަ އަހަރުގެ އެޕްރިލްމަހު، އެ ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވިއިރު، ޕީއެންސީގައި ކިރިޔާ 3000 މީހުން ހަމަވަނީކަމަށެވެ. ނަމަވެސް މިހާރު އެ ޕާޓީގެ ދެވަނަ ކޮންގްރެސް ބާއްވާއިރު، ޕާޓީގެ މެމްބަރުންގެ އަދަދު 80،000އަށް އަރަން ކައިރިވެފައިވުމަކީ ވަރަށް ބޮޑު ކާމިޔާބެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ޕާޓީއަށް އާއްމު މެމްބަރުން ވަންނަނީ އެ ޕާޓީއަކީ ދިރިހުރި ޖޯޝު ހުރި ޕާޓީއަކަށް ވުމުންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ޕާޓީން އަބަދުވެސް އިސްކުރާނީ ދިވެހިންގެ މިނިވަންކަމާ، ދިވެހިންގެ އަސްލުކަމަށާއި، ޕާޓީގެ ޝިއާރަކީވެސް އެންމެ ފުރަތަމަ ޤައުމުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

“މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ މެމްބަރުން ޕާޓީއާއި ގުޅުނީ ކީއްވެތޯ ވިސްނާލަންވީ. ޝައްކެއް ނެތް ބައިވަރު ސަބަބުތައް. އެންމެ ވަރުގަދަ ސަބަބަކީ އަޅުގަނޑުމެން އިސްކުރަނީ ދިވެހިންނާއި ދިވެހި ޤައުމުކަމަށްވާތީ.” ޕީއެންސީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ޕީއެންސީގެ ޕީޖީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާޢިރާގެ މެމްބަރު، އިބްރާހިމް ފަލާހު ވިދާޅުވީ ޕީއެންސީން މިހާރު ބާއްވާ ކޮންގްރެސްއަކީ ރާއްޖޭގެ ތާރީޚުގައި ޤާނޫނުއަސާސީއަށް ޢަމަލުކުރަންފެށި ފަހުން، ޕާޓީއަކުން ބާއްވާ އެންމެ ބޮޑު ކޮންފަރެންސްކަމަށެވެ. އެ ކޮންފަރެންސަކީ އެންމެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްކަމަށްވެސް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ ވެރިކަމަށް އައުމަށްފަހު ހޭދަވީ މުއްދަތުގައި އެ ޕާޓީގެ މެމްބަރުންގެ އަދަދު 79364 މެމްބަރުންނަށް އަރާކަމަށާއި، މި ކޮންގްރެސް ނިމޭއިރު 80،000އަށް ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށެވެ.

“ސިޔާސީ ޕާޓީތަކަށް މީހުން ވަންނަނީ ޕާޓީގެ ލީޑަރުންނާއި، ލީޑަރޝިޕަށް ބެލުމަށްފަހު. ސިޔާސީ ޕާޓީތައް އުފެދުނީ ރާއްޖެއަށް ހަމަޖެހުމާއި މަންފާ ހޯދާދިނުމަށް.” ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހު ވިދާޅުވިއެވެ.

ކޮންގްރެސް ޕާޓީގެ މަތަލީ މަޖިލީހުގައި 1300އެއްހާ މެމްބަރުން ބައިވެރިވާކަމަށް އެ ޕާޓީން ބުނެއެވެ. ޕީއެންސީންވަނީ އެ ޕާޓީގެ އަސާސީ ޤަވާއިދަށް އިސްލާހު ގެނެސްފައެވެ. 1000އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓާއެކު ޕާޓީގެ އަސާސީ ޤަވާއިދަށް ގެނައި މި އިސްލާޙުތަކަކީ އެންމެ ގިނަ މެމްބަރުންގެ ވޯޓާއެކު، ސިޔާސި ޕާޓީއެއްގެ އަސާސީ ޤަވާއިދަށް ގެނައި އިސްލާހުތަކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

2028 ގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ފަސޭހަކަމާއެކު ކާމިޔާބުކޮށްދިނުމަކީ އަމާޒެއް: އަބްދުއްރަހީމް

Main 20260915

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނެވުނު ބަދަލުތަކާއެކު ގަވާއިދު އެންޑޯސްކޮށްފި

DSC

1300އަށްވުރެ ގިނަ މަންދޫބުންނާއެކު ޕީއެންސީގެ ތާރީޚީ ބޮޑު ކޮންގްރެސް ފަށައިފި

PNC leadership

ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ މަޤާމުތަކަށް 113 މެންބަރަކު ވާދަކުރައްވަނީ