ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ އެތެރޭގެ އިންތިޚާބުން ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު ހާމަވެއްޖެ: އަބްދުއްރަހީމް

Ew
TTH_Ads
STO_Ads
Maldivian_Ads
Advertisement

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި 85 އިންސައްތަ މެންބަރުން ވޯޓުލާފައިވާއިރު މިއީ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ކުރާ އިތުބާރުގެ ހެއްކެއްކަމަށް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާއިން ދައްކުވައިދެނީ ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކުރައްވާ ފުރިހަމަ އިތުބާރާއި ތާއީދުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިއަދު ނިމިގެންދިޔަ އެ ޕާޓީގެ އެތެރޭގެ އިންތިޚާބަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕާޓީގެ މައި އިދާރާގެ ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް 85 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ. އެއީ 32000 އާއި 33000 އާ ދެމެދުގެ އަދަދެއްކަމަށް ލަފާކުރެވޭއިރު ވޯޓުލީ މީހުންގެ ޖުމްލަ ހިސާބު ކަށަވަރުވާނީ ރަސްމީ ނަތީޖާ އިއުލާނުކުރުމުންނެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބެވެ.

HajjCop_ads
Advertisement

މި އިންތިޚާބުގެ ކާމިޔާބީއަށް އަލިއަޅުއްވައިލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ޕީއެންސީގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަކަން މިކަމުން ސާބިތުވެއްޖެ ކަމަށެވެ. އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަށް އޮތް ތާއީދު ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ހިނގާފައިވާ ބައެއް ކަންކަމަށް ނުސީދާކޮށް އިޝާރާތްކުރައްވައި ޕީއެންސީގެ އިންތިޚާބު ނިމިގެންދިޔައީ ވޯޓުފޮށި ފަޅައިލުމާއި ވަގަށްނެގުން ފަދަ އެއްވެސް ކަމެއް ނުހިނގާ ވަރަށް ސުލްހަވެރިކަމާއެކުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އިންތިޚާބު ނިމުމާއެކު ޕީއެންސީގެ އެކި ގޮފިތަކާއި މަގާމުތަކުގައި 3000 އަށްވުރެ ގިނަ އިންތިޚާބީ މެންބަރުން ތިއްބަވާނެކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި މިހާ ގިނަ އަދަދެއްގެ އިންތިޚާބީ މެންބަރުން ރާއްޖޭގެ އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގައި މިވަގުތު ނުތިބޭނެކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

abdul raheem

ޕެޓިޝަން ގަވާއިދަށް ގެނައި ބަދަލަކީއާއްމުންނަށް ވީހާވެސް ގިނަ ފުރުސަތު ހޯދައިދިނުމަށް ގެނެވުނު ބަދަލުތަކެއް: އަބްދުއްރަހީމް

Abdul Raheem abdulla

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޤައުމު އޮތީ ދަރުވާލާފައި: އަބްދުއްރަހީމް

PNC leadership

މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްގެންދާނީ ޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް: ޕީއެންސީ

43

ޕީއެންސީގެ ނައިބު ރައީސްކަމުގެ ރޭހަށް މިނިސްޓަރު ޝިޔާމް ނުކުންނަވައިފި