ށ. މިލަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް އެބަދެއެވެ.

މި މަޝްރޫޢަކީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މިހާރު ކުރިއަށް ދަނީ އިމާރާތުގެ ބީމް އަދި ސްލެބްގެ ރީއިންފޯސްމަންޓާއި ޝަޓްރިންގް މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މިލަންދޫ އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ޚާއްޞަ ޖާގައަކާއި އުނގެނުމަށް ޚާއްޞަ ޖާގައެއް ހިމެނޭނެއެވެ. މީގެ އިތުރުން އިޖުތިމާޢީ އަދި ދީނީ ތަފާތު ޙަރަކާތްތައް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް މި މަރުކަޒުގައި ޤާއިމުކުރެވޭނެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި އިސްލާމީ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މި ސަރުކާރުން ވަނީ ހއ. ދިއްދޫ އިސްލާމީ މަރުކަޒު ވެސް ނިންމައި ހުޅުވައިފައެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ތަކާއި މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް ވެސް އެކި ރަށްތަކުގައި ކުރިއަށްއެބަދެއެވެ. މި ފަދަ މަޝްރޫޢުތަކުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ދީނީ ޢިލްމު ފެތުރުމާއި އިސްލާމީ ތަޢުލީމު އުނގަންނައިދިނުމުގެ ފުރުޞަތުތައް ފުޅާކުރުމެވެ.