ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

1300އަށްވުރެ ގިނަ މަންދޫބުންނާއެކު ޕީއެންސީގެ ތާރީޚީ ބޮޑު ކޮންގްރެސް ފަށައިފި

DSC
TTH_Ads
STO_Ads
Maldivian_Ads
Advertisement

ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ތާރީޚުގައިވެސް ބާއްވާ އެންމެ ބޮޑު ކޮންގްރެސްކަމަށްވާ މަތީ މަޖިލީހުގެ ކޮންގްރެސް 1300އަށްވުރެ ގިނަ މަންދޫބުންނާއެކު މިއަދު ފަށައިފިއެވެ.

ޔޫތު ސެންޓަރުގައި މިއަދު ފެށި ކޮންގްރެސް މިމަހުގެ 18އާއި ހަމައަށް ކުރިއަށްދާނެއެވެ. މި ކޮންގްރެސްގައި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއި، ޕާޓީގެ ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ލީޑާޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

DSC

HajjCop_ads
Advertisement

މި ކޮންގްރެސްގެ މިއަދު ހެނދުނު 07:00 ގައި ފަށާއި، ފުރަތަމަ ސެޝަނަށްފަހު، ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތާއި ގައުމީ ތަރައްގީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވަޒީރުންގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިއަދުގެ ބައްދަލުވުން މިރޭ 20:00އާއި ހަމައަށް ކުރިއަށްދާނެއެވެ.

DSC

މިމަހުގެ 18އާއި ހަމައަށް ކުރިއަށްދާ މި ކޮންގްރެސް ނިންމާލާނީ އެ ދުވަހު ކޮމިއުނިކޭޝަންސް ސެޝަނަކާއި، އެކުވެރިކަމުގެ ‘ވިލުނޫ ހަވީރު’ ބޭއްވުމަށްފަހު ފޮޓޯ ނެގުމުގެ ސެޝަނަކާއެކު އެރޭ 20:00ގައެވެ.

ޕީއެންސީން ބުނީ މިއީ ނަމޫނާ ކޮންގްރެސްއެއްކަމަށާއި، އެހެން ޕާޓީތަކަށް މި ކޮންގްރެސް ހިނގާ ގޮތް ބަލައި ތަޖުރިބާކޮށްލުމަށް ފުރުޞަތު އޮންނާނެކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

abdulraheem

ކާމިޔާބީ ގުޅިފައިވަނީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރާ މަސައްކަތުގެ މައްްޗަށްކަމަށް: އަބްދުއްރަޙީމް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

Download 2026 09 18T155550.812 1536x1024

ޕީއެންސީގެ އިސް މަގާމުތަކަށް އިންތިޚާބުވި ބޭފުޅުން ހުވާކުރައްވައިފި