ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

police
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖޭގެ އަޕާ ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ބުލީކޮށް، ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ހާދިސާ ފުލުހުން ބަލަމުން ދަނީ ހާއްސަ ސަމާލުކަމެއް ދީގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އާންމު ރައްޔިތުންނާއި މީޑިއާތަކަށް މުހިންމު އިލްތިމާސެއް ކޮށްފައެވެ. އެގޮތުން މި ހާދިސާއާ ގުޅޭ އެއްވެސް ވީޑިއޯއެއް ނުވަތަ އަނިޔާ ލިބުނު ކުއްޖާގެ އައިޑެންޓިޓީ އެނގޭ ފަދަ އެއްވެސް މައުލޫމާތެއް މީސްމީޑިއާގައްޔާއި އެހެނިހެން މީޑިއާތަކުގައި ޝާއިއުނުކުރުމަށް ފުލުހުން އެދިފައިވެއެވެ. އަދި އެފަދަ ތަކެތި އިތުރަށް ދައުރުނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

HajjCop_ads
Advertisement

ފުލުހުން ފާހަގަކުރި ގޮތުގައި މިފަދަ މައުލޫމާތާއި ވީޑިއޯތައް އާންމުކުރުމަކީ އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެ ކަމެކެވެ. މީގެ އިތުރުން އެކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުން އިތުރު ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކުޑަކުދިންގެ ރައްކާތެރިކަމާއި ގުޅުންހުރި މިފަދަ ނާޒުކު މައްސަލަތަކުގައި މައުލޫމާތު ހިއްސާކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުވުމަށް ފުލުހުން އެދެއެވެ. އަދި ކުއްޖާގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

60،000 އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ހޭލުންތެރިކަމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

Sinamale' bridge

އަނެއްކާވެސް ބުރިޖުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި