
ކުޑަ ކުއްޖެއްގެ ދެ އަތް ބަނދެ، ގަހެއްގައި އައްސާފައި ބެހެއްޓި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އުތުރު ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު މެންދުރު ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކުޑަ އަންހެން ކުއްޖެއްގެ ދެ އަތް ބަނދެ ގަހެއްގައި ވާގަނޑެއް ޖަހައި އައްސާފައި ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.







ކިޔުންތެރިންގެ ހިޔާލު