ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމީ ޤައުމެއްގެ ގޮތުގައި، 9 ޤަރުނު ހޭދަކުރުމަކީ ބޮޑު ފަޚުރެއް: ފަސްޓު ލޭޑީ

Big DjDlx6dtz3G7mo6BeMatG2VTL
TTH_Ads
STO_Ads
Maldivian_Ads
Advertisement

ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، 9 ޤަރުނު ހޭދަކުރުމަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާ ފަޚުރަކާއި ޝަރަފެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ރާއްޖެ މިހާތަނަށް އިސްލާމްކަންމަތީ ދެމިއޮތީ އެއްބައިވަންތަކަމުގެ ނަމޫނާއެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން މި މަތިވެރި ނިޢުމަތާއި ރަޙްމަތް ދިވެހިރާއްޖެއަށް ދެއްވީތީ މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު އަދާކުރައްވާކަމަށްވެސް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށްފަހު ރައީސްގެ އަނބިކަނބަލުންވަނީ އިސްލާމީ ހިދާޔަތުގައި ދިވެހިން އަބަދަށްމެ ލެހެއްޓެވުން އެދި ދުޢާކުރައްވާފައެވެ.

ރާއްޖެއަށް އިސްލާމްދީން އައީ ހިޖުރައިން 548 ވަނަ އަހަރު (މީލާދީން 1153) އެވެ. ރާއްޖޭގެ ރަސްކަލުން އިސްލާމްދީން ގަބޫލުކުރެއްވުމާ ގުޅިގެން، މުޅި ރާއްޖެ އިސްލާމްދީނަށް ބަދަލުވިއެވެ. އިސްލާމްވި ފުރަތަމަ ރަސްކަލަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދިﷲ (ޛަވްލީ ކަލަމިންޖާ) އެވެ.ދީން ފެތުރުއްވި ބޭފުޅާ: ރާއްޖެއަށް އިސްލާމްދީން ގެނެސްދެއްވި ބޭފުޅަކީ މަޣުރިބު ކަރައިގެ (މޮރޮކޯގެ) އިލްމުވެރިއެއް ކަމަށްވާ އަބުުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ އެވެ.

HajjCop_ads
Advertisement

ރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ދިވެހިރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެންނެވެ. އަދި ރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު އަސާސަކީ އިސްލާމީ ޝަރީއަތެވެ. ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

470162 6db2f94a 3

އީޖާދެއްގެ ފެށުން އަންނަނީ ޝައުގުވެރިކަމާއި އިލްމު ގުޅުމުން: މެޑަމް ސާޖިދާ

saajida

ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ހާލަތަށް ފަރުވާތެރިވާން ޖެހޭނެ: ސާޖިދާ

Igmh

ހިސާބު އިލްމު ކުރިއެރުވުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ފަސްޓްލޭޑީ ވިދާޅުވެއްޖެ

Igmh

ދިވެހިންގެ އާދަކާދަތަކާއި ހިސާބު އިލްމާ ހުރި ގުޅުން ދައްކުވައިދޭ ތާރީހީ ފޮތެއް ސާޖިދާ ނެރެދެއްވައިފި