ފުރުޤާން މިސްކިތުގެ ތެރެއަށް ބޮޑުކަމުގޮސް މިސްކިތުގެ ހުރުމަތް ކެނޑި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ސެޕްޓެންބަރު 10 ވަނަ ދުވަހުގެ ފަތިހު 04:14 އެހައިކަންހާއިރު މަސްޖިދުލް ފުރްޤާންއަށް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، މިސްކިތް ތެރެއަށް ޤަޟާޙާޖާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ 2 02-13 / މާލެ، ނައުޝާދު މޫސާ (32އ) އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން މީނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ މިސްކިތަށް ގެއްލުންދިނުމުގެ ތުހުމަތެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.










ކިޔުންތެރިންގެ ހިޔާލު