ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ރަޖިސްޓަރވުމަށް ޚާއްޞަ ޕޯޓަލެއް

mira
STO_Ads
TTH_Ads
Maldivian_Ads
Advertisement

ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އަންގައިފިއެވެ. މިރާއިން މިގޮތަށް އަންގާފައި މިވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްއާ އެއްގޮތަށް މި ޓެކްސް އޮކްޓޯބަރ 1ވަނަ ދުވަހުން ފެށިގެން ނެގުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހުގައި ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އަތުން ރާއްޖޭގައި ދެވޭ ޚިދުމަތްތަކަށް ޖީއެސްޓީ ނެގުމަށް ހިމަނާފައިވެއެވެ. މި ޤާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް މީރާއިން މިހާރު ފަށާފައިވާއިރު، މިކަމާއި ގުޅިގެން މީރާއިން ނެރުނު ސާކިއުލާގައި ޖީއެސްޓީއަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލާފައިވާކަމަށް ވިދާޅުވެފައެވެ.

މީރާއިން ނެރުނު ސަރކިއުލަރއެއްގައި ވިދާޅުވީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ އެތެރޭގައި ޚިދުމަތް ދޭ ކަމުގައި ބަލާނެ ޚިދުމަތްތަކަކީ، ރާއްޖެއަށް ކުރާ ދަތުރުތަކާއި، ރާއްޖޭގައި ފަތުރުވެރިއަކަށް ހަމަޖައްސާ ކެއުމާއި ބުއިމުގެ ޚިދުމަތުގެ އިތުރުން ހުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ޚިދުމަތެވެ. އެހެން ކަމުން މިއިން އެއްވެސް ޚިދުމަތެއް ރާއްޖޭގައި ދޭނަމަ، ބޭރުގައި ރަޖިސްޓްރީކޮށް މަސައްކަތް ކުރިނަމަވެސް ޖީއެސްޓީ ދައްކަން ޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް މީރާއިން ވިދާޅުވިއެވެ.

HajjCop_ads
Advertisement

މީރާއިން ވަނީ ޖީއެސްޓީއަށް ރަޖިސްޓްރީވާން ޖެހޭ ފަރާތްތަކުގެ ގޮތުގައި ހިމެނެނީ ކޮން ބައެއްކަންވެސް ސާފުކޮށްދީފައެވެ. ނަމަވެސް އެއިދާރާއިން ލިސްޓުކޮށްފައިވާ ޚިދުމަތްދޭ ފަރާތްތައް ފިޔަވާ މިފަދަ ޚިދުމަތްތައް ރާއްޖޭގައި ދޭ އިތުރު ފަރާތްތައް ހިމެނިގެންދާނެކަން އެއިދާރައިން ފާހަގަކުރެއެވެ.

އެތެރޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ވިއްކާ ފަރާތްތައް

1. ބޭރުގެ ޓުއަރ އޮޕަރޭޓަރުން
2. ބޭރުގެ ޓްރެވަލް އޭޖެންޓުން
3. އޮންލައިން ޓްރެވަލް އެޖެންސީތައް
4. ބެޑް ބޭންކުތައް
5. އެކޮމޮޑޭޝަން ހޯލްސޭލްކުރާ ފަރާތްތައް
6. ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތައް
7. ޗާޓަރު އޮޕަރޭޓަރުން
8. ބުކިންގ ޕްލެޓްފޯމްތައް ފަދަ ފަރާތްތައް

ހަމައެއާއެކު އެތެރޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ގުޅޭ އޭޖެންސީ ނުވަތަ ބުކިންގ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ހިމެނޭނެ ކަމަށް މީރާއިން ވިދާޅުވިއެވެ. އޭގެތެރޭގައި އޮންލައިން ޓްރެވަލް އޭޖެންޓުންނާއި، ބުކިންގ ޕްލެޓްފޯމްތަކާއި، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭ ފަރާތްތައް ފަދަ ފަރާތްތައް ހިމެނޭނެނެ ކަމަށް އެއިދާރައިން ވިދާޅުވިއެވެ.

މީރާއިން ފަތުރުވެރިކަމުގެ ދައިރާގެ ޖީއެސްޓީއަށް އަށް ބޭރުގައި ހިންގަމުންދާ ތަންތަނަށް ރަޖިސްޓްރީގެ ވުމުގެ ފުރުސަތު ހުޅުވާލިއިރު، ރަޖިސްޓްރޭޝަން ކުރިއަށް ގެންދަން ޖެހެނީ މީރާގެ ޕޯޓަލް މެދުވެރިކޮށްކަން ވަނީ ހާމަކޮށްފައެވެ. މި ޕޯޓަލްއަށް މިހާރު މީރާގެ ވެބްސައިޓު މެދުވެރިކޮށް ވަދެވެއެވެ. އެ ފަރާތެއް ރަޖިސްޓްރީވުމާއެކު، މީރާއިން އެފަރާތަކަށް ޖީއެސްޓީ ދެއްކުމަށް ބޭނުންވާ ޖީއެސްޓީ ޓިން ނަމްބަރު ހިމެނޭ ސެޓްފިކެޓް ދޫކުރާނެއެވެ. އަދި މީރާ-ކަނެކްޓުގައި އެކައުންޓެއް ތައްޔާރުކޮށް ޖީއެސްޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުރުސަތު ފަހިކޮށްދޭނެއެވެ. ރަޖިސްޓްރީ ވުމުގެ ހުރިހާ މަރުހަލާއެއް އެނގޭނެ ގައިޑެއްވެސް މީރާގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

މީރާއިން ވިދާޅުވީ ޖީއެސްޓީއަށް ރަޖިސްޓަރވާ ބޭރުގެ ފަރާތްތަކަށް ޚާއްސަ އީމޭއިލެއްވެސް ތަޢާރަފްކޮށްފައިވާ ކަމަށެވެ. އަދި މިއީމެއިލް މެދުވެރިކޮށް މިކަމާއި ގުޅޭ ސުވާލުތަކާއި ކަންބޮޑުވުންތަކަށް މީރާއިން ޖަވާބުދެމުންދާނެ ކަމަށް އެއިދާރައިން ވަނީ ހާމަކޮށްފައެވެ. ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ވުމާއި ގުޅޭ ކަންކަމުގައި މެއިލް ކުރަން ޖެހެނީ [email protected] އަށް ކަމަށް މީރާއިން ބުންޏެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big NhkLOPavQ4ildFHn6SJQok5mL

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ނިންމަން 1 އަހަރުގެ މުއްދަތެއް

HR2pgB0b0AAn7aE

ރާއްޖޭގެ ފުރަތަމަ އަންހެން ޓުއަރ ގައިޑަކަށްވުމުގެ ޝަރަފް ޝީނާއަށް

minister ameen

ރިސޯޓުތަކުން ނުދައްކާހުރި ފައިސާގެ ޢަދަދު 97 މިލިއަނުގައި

Images

ފަތުރުވެރިކަމުގެ މަސައްކަތް ކުރިއަށް ނުދާ ތަންތަނުގެ އެއްބަސްވުން އުވާލަނީ