ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި ބައްސާމް އުމުރަށް ސަސްޕެންޑްކޮށްފި, ބޮޑު ޖޫރިމަނާއެއް ވެސް ކުރި

990
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.– ފޮޓޯ: މިހާރު
Maldivian_Ads
STO_Ads
TTH_Ads
Advertisement

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ މާލީ އެހީތަކަށް ޚިޔާނާތްތެރިވުމުގެ ސަބަބުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، އެއް މިލިއަން ސްވިސް ފްރޭންކުން (ގާތްގަނޑަކަށް 1.23 މިލިއަން އެމެރިކާ ޑޮލަރުން) ޖޫރިމަނާކުރުމަށް ފީފާގެ އެތިކްސް ކޮމިޓީން މިއަދު ނިންމައިފިއެވެ.

ފީފާއިން އާންމުކުރި ރަސްމީ ބަޔާނުގައި ބުނެފައިވަނީ، ބައްސާމްގެ މައްޗަށް ސާބިތުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ފީފާއިން ދޫކުރި ރިލީފް ފަންޑުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، އަމިއްލަ މަންފާއަށް އެ ފައިސާ ޚަރަދުކުރުމުގެ ކުށް ކަމަށެވެ. މީގެ އިތުރުން ފީފާގެ އެތިކްސް ކޯޑުގެ ގިނަ މާއްދާތަކަކާ އޭނާ ޚިލާފުވެފައިވާކަން އެ ކޮމިޓީގެ ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައާ ގުޅިގެން އެފްއޭއެމްގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޑިރެކްޓަރު މުހައްމަދު އަގީލް ވެސް ވަނީ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް 10 އަހަރަށް ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑްކުރުމުގެ އިތުރުން، ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް މަގުފަހިކޮށްދީ އެކަން ސިއްރުކުރިކަމުގެ ކުށުގައި 100،000 ސްވިސް ފްރޭންކުން ވަނީ ޖޫރިމަނާކޮށްފައެވެ.

HajjCop_ads
Advertisement

ފީފާއިން ދޫކުރި ފައިސާ ބޭނުންކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތް މައްސަލައިގައި ދިވެހި ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގަށްފަހު، ބައްސާމްގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވެސް ވަނީ ދައުވާ އުފުލާފައެވެ. ރާއްޖޭގެ ކޯޓުތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި ޖަލު ހުކުމެއް އިއްވާފައިވާއިރު، ޚިޔާނާތުގެ ފައިސާއިން ގަނެފައިވާ ދެ އެޕާޓްމަންޓް ދައުލަތަށް ނެގުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ސިއްހީ ހާލަތަށް ރިއާޔަތްކޮށް ބައްސާމްގެ ޖަލު ހުކުމް މިހާރު ގޭބަންދަށް ބަދަލުކޮށްފައިވާއިރު، ފީފާގެ މި ނިންމުމާއެކު އޭނާ ވެފައިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން އުމުރު ދުވަހުގެ ސަސްޕެންޝަނެއް ދިން ރާއްޖޭގެ ފުރަތަމަ އިސް އޮފިޝަލަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Download

ފީފާގެ ރައީސްކަމުގެ ހަތަރުވަނަ ދައުރަކަށް ކުރިމަތިލާނެކަން އިންފަންޓީނޯ އިޢުލާންކޮށްފި

2026 08 13T094344Z 583864029 RC2VTMA5TI8B RTRMADP 3 SOCCER ASIA INFANTINO

މާލީގޮތުން ތަނަވަސް ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތަކަށް ރަނގަޅުގޮތްވާކަށް ނޭދޭ: އިންފަންޓީނޯ

3624251

މަރަޑޯނާ އަތުން ގޯލުޖެހި ބޯޅަ 3.3 މިލިއަން ޑޮލަރަށް ވިއްކާލައިފި

ފީފާގެ ރައީސް ކަމަށް ވާދަނުކުރާނެކަމަށް ޔޫއެފާގެ ރައީސް އެލެކްޒެންޑަރ ކެފަރިން ބުނެފި