ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެންޗެސްޓަރ ޔުނައިޓެޑަށް ފަސޭހަ މޮޅެއް

0 GettyImages
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި އަޒަރުބައިޖާންގެ ސަބާ އަތުން 4-0 އިންމޮޅުވެއްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވެފައިވާއިރު މިއީ 2020 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ މެޗަކުން އެ ޓީމު މޮޅުވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 27 ވަނަ މިނިޓުގައި މެތިއުސް ކޫނިއާ ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ކުރި ހޯދަދީފައެވެ.

HajjCop_ads
Advertisement

އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. އަދި އޭގެ ތިން މިނިޓު ފަހުން ބެންޖަމިން ސެސްކޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

ޔުނައިޓެޑް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ 68 ވަނަ މިނިޓުގައި ލިސަންދްރޯ މާޓިނޭޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ޗެމްޕިއަންސް ލީގުގައި ކުޅުނު މި މެޗުން ރަގަޅު ނަތީޖާއެއް ހޯދުމަށްފަހު އަންނަ އާދީއްތަ ދުވަހު ޔުނައިޓެޑް ނިކުންނާނީ ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2285

ތަފާތު ބޮޑު ނަތީޖާއަކުން ބަޔާނަށް ބޮޑު މޮޅެއް

2293813389

ފަހުވަގުތު ލަނޑުޖަގައި އެވަޓަންއިން ޔުނިޓެޑު ހުއްޓުވައިފި

E6d66322 9d07 41c0 a705 a37cd2e340c8.png

ޕްރިމިއަރ ލީގުގައި ފުރަތަަމަ ފަހަރަށް ޔުނައިޓެޑް މޮޅުވެއްޖެ

Skysports Marcus Rashford Aston Villa 6818081

މާކަސް ރެޝްފޯޑްގެ ސީޒަން ޓްރާންސްފަރ، އެސްޓަން ވިލާއިން މެންޗެސްޓަރ އަށް