ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެތުލެޓިކޯ އަތުން ބަލިވެ، ޔުނައިޓެޑަށް މާޔޫސްކަން

Reuters 6ace8882
TTH_Ads
STO_Ads
Maldivian_Ads
Advertisement

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

މެޑްރިޑްގެ ރިޔާދު އެއާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި 69،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ނުކުތްއިރު، ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ގެނެސްފައެވެ. މި ބަދަލުތަކާއެކު ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެތުލެޓިކޯގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މެޗު ފެށިގެން ފުރަތަމަ މިނިޓުގެ ތެރޭގައި އެތުލެޓިކޯއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. އެލެކްސް ބައޭނާ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ބަރިއޯސްއެވެ.

HajjCop_ads
Advertisement

މި ލަނޑަށްފަހު ނަތީޖާ ހަމަހަމަކުރުމަށް ޔުނައިޓެޑަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ބްރަޔަން އެމްބުއެމޯއަށް ލިބުނު ފުރުސަތުތަކުގެ އިތުރުން މާކަސް ރަޝްފޯޑަށް ލިބުނު ފުރުސަތުގެ ބޭނުންވެސް އެދެވޭ ގޮތުގައި ހިފޭގޮތެއް ނުވިއެވެ.

ޔުނައިޓެޑަށް އިތުރު މައްސަލަތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 74 ވަނަ މިނިޓުގައެވެ. ޖޮނަތަން ޑޭވިޑަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ފަހު 16 މިނިޓު ޔުނައިޓެޑުން ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، އޭގެ ފަސް މިނިޓު ފަހުން އެތުލެޓިކޯއިން ވަނީ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޑެމޯލާ ލުކްމަންއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B7294790 c746 11f1 b4d5 87f9c6c95a29

އަމިއްލަ ދަނޑުގައި ކްލަބް ބްރޫޖް އަތުން އިންޓަރ މިލާން ބަލިވެއްޖެ

Getty

ސްޕެއިނުގެ ކްލަބުތަކުން ތާރީޚީ ކާމިޔާބީއަކާއެކު ޔޫރަޕްގައި ބާރުގަދަކޮށްފި

MGA8006

ފަހަތުން އަރައި ބާސެލޯނާއިން ގަލަތަސަރާއީ ބަލިކޮށްފި

Getty

ދެވަނަ ހާފުގައި ޖެހި ތިން ލަނޑާއެކު އާސެނަލްއިން ލިލް ބަލިކޮށްފި