ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުނިމިހުރި 168 ރިސޯޓު ނިންމުމަށް ފަހިވާނެ ގޮތަށް ގަވާއިދެއް އެކުލަވާލައިފި

resort
Maldivian_Ads
TTH_Ads
STO_Ads
Advertisement

ސަރުކާރުން ރިސޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރި ތަންތަނުގެ ތެރެއިން މަސައްކަތް ކުރިއަށްނުގޮސް މަޑުޖެހިފައި އޮތް 168 ތަނެއްގެ މަސައްކަތް ނިންމައިލުމަށް މަގުފަހިވާނެ ގޮތަށް އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ގަވާއިދެއް އެކުލަވައިލާ ސަރުކާރުން އާއްމުކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި ތަރައްގީނުކުރެވި ހުރި 168 ތަނުގެ ތެރޭގައި ކުއްޔަށް ދޫކުރި ފަހުން 25 އަހަރުވެފައި ހުރި ތަންތަން ހިމެނެއެވެ. އަދި އެތަންތަނުން ދައުލަތަށް ލިބެންޖެހޭ 537 މިލިއަން ޑޮލަރު ނުވަތަ 8.2 ބިލިއަން ރުފިޔާ ނުލިބި ހުރިކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. އަދި އެތަންތަން ނުނިމި ދިގުލައިގެން ދިއުމުން ރައްޔިތުންނާއި ދައުލަތަށް އެކަމުން ގެއްލުންވާކަން ފާހަގަކުރިއެވެ.

“ދައުލަތަށް ލިބެންޖެހޭ ޓީ.ޖީ.އެސް.ޓީ އާއި، ގްރީން ޓެކްސް އާއި، އެއާޕޯޓް ޓެކްސް ފަދަ ޓެކްސްތައް ނުލިބުމާއި، އަދި މީގެ ސަބަބުން ރައްޔިތުންނަށް ފަހިވާންޖެހޭ ވަޒީފާގެ ފުރުޞަތުތައް ހަނިވެގެންދޭ. ދައުލަތުގެ މިފަދަ އަގުހުރި ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރެވި، ދިގު މުއްދަތަކަށް ވަކި ފަރާތްތަކެއްގެ ބާރުގެ ދަށުގައި ހުރުމަކީ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް،” ވުޒާރާއިން ބުނެފައިވެއެވެ،

HajjCop_ads
Advertisement

އަލަށް އެކުލަވައިލި ގަވާއިދުގެ ތެރެއިން މިގޮތަށް ނުނިމި ހުރި ތަންތަން ނިންމުމަށް ގިނަ ލުއިތަކެއް ލިއްބައިދެއެވެ. އެގޮތުން ތަން ތަރައްގީކުރުމަށް ދީފައި އޮންނަ އިމާރާތްކުރުމުގެ މުއްދަތު އިތުރުކުރުމާއި، އެގޮތަށް މުއްދަތު އިތުރުކުރާ ތަންތަނުގެ ކުއްޔާއި ޖޫރިމަޏާ ފަސްކުރުމާއި، ރީޑިވެލޮޕްމެންޓަށް ތަން ބަދަލުކުރުމާއި، ރީ-ޑިވެލޮޕްމެންޓަށް ދޭ މުއްދަތުގައި ކުއްޔާއި ޖޫރިމަނާ މައާފުކޮށްދިނުން ހިމެނެއެވެ.

އިމާރާތްކުރުމުގެ މުއްދަތު އިތުރުކޮށްދޭ ހާލަތުގައި ތަން ކުއްޔަށް ނަގާފައިވާ ފަރާތުން އެއްބަސްވާންޖެހޭ ކަންތައްތަކެއް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، މަރުހަލާތަކަށް ބަހާލައިގެން ތަރައްގީކުރާ ތަނެއްނަމަ އަލަށް ދޭ އިމާރާތްކުރުމުގެ މުހުލަތުގައި ފުރަތަމަ މަރުހަލާގެ މަސައްކަތް ނިންމުމާއި، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 1000،000 ޑޮލަރު ދެއްކުމާއި، ވިޔަފާރީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފައިސާ ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ތަރައްގީގެ މަޝްރޫއަކަށް ހަރަދުކުރަންޖެހެއެވެ.

ރަށެއްގެ އިމާރާތްކުރުމުގެ މުއްދަތު އިތުރުކޮށްދެވޭނީ 12 މަސްދުވަހަށެވެ. ފަޅެއްގެ އިމާރާތްކުރުމުގެ މުހުލަތު 24 މަސްދުވަހަށް އިތުރުކޮށްދެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އެންމެ މަދުވެގެން އިމާރާތްކުރުމުގެ މުއްދަތު އިތުރުކުރެވޭނީ އެއް މަސްދުވަހަށެވެ.

ރީ-ޑިވެލޮޕްމެންޓަށް ތަނެއް ބަދަލުކުރެެވޭނީވެސް އިމާރާތްކުރުމުގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވާންޖެހޭ ކަންކަމަށް އެއްބަސްވެގެންނެވެ. ރީ-ޑިވެލޕޕްމެންޓަށް ތަނެއް ބަދަލުކުރުމަށްފަހު އެކަމަށް ކަނޑައަޅާ މުއްދަތުގެ ތެރޭގައި ކުލި ފަސްކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް އޮންނާނެއެވެ.

ރީޑިވެލޮޕްމެންޓުގެ މުއްދަތުގައި ތަން ނިންމައި 30 ދުވަހުގެ ނޯޓިސްއަށްފަހު ނުހުޅުވިއްޖެނަމަ ޖޫރިމަނާކުރުން ނުވަތަ މަސައްކަތް ނިންމަން އިތުރު ހަ މަސްދުވަހުގެ މުއްދަތެއް ދިނުމާއެކު 300،000 ޑޮލަރުނ ޖޫރިމަނާކުރުން ނުވަތަ 12 މަހުން މަސައްކަތް ނިންމަން މުއްދަތެއް ދީ 600،000 ޑޮލަރން ޖޫރިމަނާކުރުމުގެ އިހުތިޔާރު ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވެއެވެ.

މިނިސްޓްރީން ފާހަގަ ކުރާ ގޮތުގައި މި އައު ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ބައެއް ތަންތަން ޓަރމިނޭޓު ކުރެވުމާއި ހުއްޓިފައިވާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތްތައް އަލުން ފެށި، އެ ތަންތަން ވީ އެންމެ އަވަހަކަށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ. މީގެ ސަބަބުން، ދައުލަތަށް ގެއްލެމުންދާ ޢާމްދަނީ އަނބުރާ ލިބެން ފެށުމުގެ އިތުރުން، އެތައް ރައްޔިތުންނަކަށް ވަޒީފާގެ އައު ފުރުޞަތުތައް ފަހިވެ، ދިވެހިރާއްޖޭގެ އިޤްތިޞާދަށް އިތުރު ދިރުމަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެފއިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images

ފަތުރުވެރިކަމުގެ މަސައްކަތް ކުރިއަށް ނުދާ ތަންތަނުގެ އެއްބަސްވުން އުވާލަނީ

tourists

މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 22.1 އިންސައްތަ ގެސްޓްހައުސްތަކަށް

resorts

ދިވެހި ރައްޔިތުންނަށް ހިއްސާ ދިނުމަށް ހަދާ 10 ރިސޯޓު، ތަރައްޤީކުރާނެ ސަރަޙައްދު ކަނޑައަޅައިފި

tourist arrival

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި