ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑަށް ރާއްޖެ ނޮމިނޭޓްވެއްޖެ

resorts
TTH_Ads
STO_Ads
Maldivian_Ads
Advertisement

ދުނިޔޭގެ އެންމެ ޝަރަފުވެރި ޓޫރިޒަމް އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ މި އަހަރުގެ ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ މަގާމަށް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

މިދިޔަ ފަސް އަހަރު ވެސް ރާއްޖެއިން ވަނީ ޓޫރިސްޓުންގެ މެދުގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ދިފާއުކޮށްފައެވެ.

މިއަހަރު ރާއްޖެއިން އަންނަނީ އެ މަގާމުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ވެސް ވާދަކުރަމުންނެވެ. އެ ދެ އެވޯޑަށް ވޯޓުލުން ކުރިއަށް ދާނީ މިމަހުގެ 6 އިން 26 ގެ ނިޔަލަށެވެ.

HajjCop_ads
Advertisement

ވިޒިޓް މޯލްޑިވްސް އިން ބުނި ގޮތުގައި އެ މަގާމު ހާސިލުކުރެވިއްޖެ ނަމަ، ރާއްޖޭއިން ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި އާދަތައް ޓޫރިޒަމްގެ ސިނާއަތުގައި އެކަށައެޅުމަށް ކުރާ މަސައްކަތުގެ ކާމިޔާބީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭނެ ކަމަށެވެ.

“މިއީ ރިސޯޓް، ގެސްޓް ހައުސް، ލިވްއަބޯޑް އަދި މުޅި ސިނާއަތުގެ ބައިވެރިންގެ ބައިވެރިވުން ހިމެނޭ ބޮޑު ޝަރަފެއް. ވޯޓުލުން ފެށުމާ އެކު މި މަގާމުތައް ދިފާއުކުރުމަށް ހުރިހާ އެންމެން ގުޅިގެން ފޯރީގައި ވޯޓުދެއްވުމަކީ ދިވެހީންގެ ފަހުރުކަމަށްވާ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭނެ ބޮޑު ހިތްވަރެއް،” ވިޒިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ

ދުނިޔޭގެ ޓޫރިޒަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ 1993 ވަނަ އަހަރު ތައާރަފުކުރި، ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ އެވޯޑެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ 7 ވަނައަށް އޮސްޓްރޭލިއާ

ނިލާ ކޮރަލް އައިލެންޑް ރިސޯޓް ރަސްމީކޮށް ހުޅުވައިފި

tourists

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިޔަން ފަތުރުވެރިން

tourists

ފަތުރުވެރިކަމުގެ އެއްވަނަ މާކެޓުގެ ގޮތުގައި އަދިވެސް އޮތީ ޗައިނާ!