ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓު ހުޅުވާފައިވޭ

tourists
ރާއްޖޭގެ ރިސޯޓަކަށް ފަތުރުވެރިންތަކެއް ފައިބަނީ —
TTH_Ads
STO_Ads
Advertisement

މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓު ހުޅުވާފައިވާކަމަށާއި މި އަހަރުގެ ތެރޭގައި ރާއްޖޭގައި 7 ރިސޯޓެއް ހުޅުވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި އައު ރިސޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ޢަދަދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އަހަރު ރާއްޖޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ރިސޯޓުތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓާއި، ސިކްސް ސެންސަސް ކަނުހުރާ (ރަށްގިރި) އަދި ދިންމާގާ މޯލްޑިވްސް ފާހަގަކޮށްލެވެއެވެ.

HajjCop_ads
Advertisement

މިއަހަރުގެ ތެރޭގައި 7 ރިސޯޓެއް ހުޅުވުމަށް ހަަމަޖެހިފައިވާއިރު، މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓެއް ވަނީ ހުޅުވާފައެެވެ. އޭގެތެރޭގައި ކ. ބޮލިދުއްފަރުގައި ހުޅުވި މަންޑަރިން އޮރިއެންޓަލް މޯލްޑިވްސްއާއި، ހދ. މަކުނުދޫ ފަޅުގައި ހުޅުވި ސޮނޭވާ ސީކްރެޓް އަދި ބ. އަތޮޅުގެ ނިއުހީ އެޓް ދިގުފަރު ހިމެނެއެވެ. މީގެ އިތުރުން މާލޭގައި ހުޅުވި ފަސް ތަރީގެ ރަލް ރީފް ރިސޯޓު ބައި ބާސެލޯއާއި، ރިއު ޕެލަސް ރިސޯޓުވެސް ފާހަގަކޮށްލެވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތަަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ޖުމްލަ އަދަދު ވަނީ 178އަށް އަރާފައެވެ. މިއާއެކު މިހާރު ރިސޯޓުތަކުގައި ހުރި ޖުމްލަ އެނދުގެ އަދަދު ވަނީ، 44,697 އަށް އިތުރުވެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ ގިނަ އެނދު ހުރީ މާލެ އަތޮޅުގައެވެ. އެ އަތޮޅުގައި 13,500 އަށްވުރެ ގިނަ އެނދު ހުރިއިރު، މިއީ މުޅި ރާއްޖޭގެ އެނދުގެ ނިސްބަތުން 31 އިންސައްތައެވެ. ދެވަނައަށް އެންމެ އެނދު ގިނަ އދ. އަތޮޅުގައި 5,800 އަށްވުރެ ގިނަ އެނދު ހުރިއިރު، އެއީ ޖުމްލަ އެނދުގެ 13 އިންސައްތައެވެ.

މިދިޔަ އަހަރަކީ، ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އަަހަރެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 2,240,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 200،000 ފަތުރުވެރިންގެ އިތުރުވުމެކެވެ.

ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތް ކުރި ފަތުރުވެރިން ވަނީ، 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ. މިއީ، އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް ފަތުރުވެރިން ހޭދަކުރި އަދަދުތަކަށް ބަލާއިރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ފައިސާ ހޭދަކުރި އަހަރެވެ. 2025 ވަނަ އަހަރު ފަތުރުވެރިން ހޭދަކުރި 5.4 ބިލިޔަން ޑޮލަރަކީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15.8ގެ އިތުރުވުމެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

resort

ރިސޯޓު ބިމު ކުލީގެ މުއްދަތު އިތުރުކޮށްގެން ދައުލަަތަށް 120 މިލިއަން ޑޮލަރުގެ އާމްދަނީއެއް

Io

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން ޚާއްސަ ޓީމެއް ފުރައިފި

Igmh

ފަރަންސޭސިވިލާތުގެ ބަޖެޓު އެއާލައިން ފްރެންޗް ބީ އިން ރާއްޖެއަށް ދަތުރުތައް ފަށަނީ

tourist arrival

މި މަހުގެ ނިޔަލަށް ރާއްޖެއަށް 999،344 ފަތުރުވެރިން ޒިޔާރަތްކުރި