ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމް މެދުވެރިކޮށް ނަގާ ފައިސާއަށް މީގެފަހުން ފީއެއް ނުނަގާނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
ބީއެމްއެލްއިން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ބީއެމްއެލްގެ އެ ނިންމުމުގެ ސަބަބުން، ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދުތަކާއި، ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ 1،200 ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ހަރަދަކާ ނުލައި ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށެވެ.
މިއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި، އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދާނެ ލުޔެއްކަމަށް ބީއެމްއެލުން ބުންޏެވެ.











ކިޔުންތެރިންގެ ހިޔާލު