ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަހަތުން އަރައި ލީޑްސްކޮޅަށް 6 ލަނޑުޖަހައި ޗެލްސީ ލީގު ކަޕްގެ އަނެއް ބުރަށް

Getty
STO_Ads
Maldivian_Ads
TTH_Ads
Advertisement

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގައި ރޭ ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ފަހަތުން އަރާ 6-3 އިން މޮޅުވެއްޖެއެވެ.

ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި ލީޑްސް އިން ފުރަތަމަ ހާފު ނިންމާލީ އެއް ގޯލު ކުރީގައި އޮވެގެންނެވެ. މީގެ އިތުރުންވެސް ލީޑްސް އަށް ވަނީ ފުރަތަމަ ހާފުގައި އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ.ދެވަނަ ހާފަށް ނިކުތްއިރު ލީޑްސް 1-0 ގެ ނަތީޖާ އަކުން ކުރީގައި އޮތުމާއިއެކު އަލޮންސޯ ވަނީ ދެވަނަ ހާފަށް ނިކުތްއިރު ޓީމަށް ހަތަރު ބަދަލު ގެނެސްފައެވެ. އެގޮތުން ރީސް ޖޭމްސް އާއި މޯގަން ރޮޖަރސްގެ އިތުރުން ކޯލް ޕާމާ އަދި ޕެޑްރޯ ނެޓޯ ވަނީ ކުޅެން އަރުވާފައެވެ. ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ލީޑްސްގެ އާރޮންސޮން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

ޗެލްސީން މި މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 53 ވަނަ މިނިޓުގައި ކޯލް ޕާމާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. އަދި އޭގެ ދެ މިނިޓު ފަހުން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޕާމާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި މެޗުގައި ޗެލްސީ އަށް ފުރަތަމަ ފަހަރަށް ލީޑު ލިބިފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ފަސް މިނިޓު ފަހުން ޑެނީ ވެލްބެކް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ. ނަމަވެސް މެޗުގެ 75 ވަނަ މިނިޓުގައި ލީޑްސްގެ ޑޮމިނިކް ކެލްވަޓް ލެވިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-3 އަށް ބަދަލުކޮށްފައެވެ.

HajjCop_ads
Advertisement

ޗެލްސީ އިން މި މެޗުގައި ޖެހި ފަސްވަނަ ލަނޑު މެޗުގެ 80 ވަނަ މިނިޓުގައި ވެލެންޓިން ބާކޯ ކާމިޔާބުކޮށްދިންއިރު މެޗުގެ އިތުރު ވަގުތުގައި ވެލްބެކް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 6-3 އަށް ބަދަލުކޮށްފައެވެ.

މިއާއެކު ޗެލްސީއަށް ވަނީ ކަރަބާއޯ ކަޕްގެ ހަތަރުވަނަ ބުރުގެ ޖާގައެއް ލިބިފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

GettyImages 2184029540 1024x683

ފަހަތުން އަރައި އާސެނަލުން ޗެލްސީ ބަލިކޮށްފި

Images (5)

އެންޒޯ ގަތުމަށް ޗެލްސީން ފުރުސަތު ހުޅުވާލީ މާދަމާގެ 5 ޖެހުމާ ހަމައަށް

މޯގަން ރޮޖާސް ޗެލްސީއަށް ސޮއިކޮށްފި