ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަލް ސިޓީ ކައިރިން އެއްވަރުވެ ޗެލްސީއަށް ޕޮއިންޓެއް

Images (17)
STO_Ads
TTH_Ads
Maldivian_Ads
Advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހަލް ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި ތިރީސް ނުވަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ގިނައިރު ޗެލްސީއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ހަލް ސިޓީ އިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގެ 7 ވަނަ މިނިޓުގައި ޖޮއާއޯ ޕެޑްރޯ ދިން ޕާހަކުން މޯގަން ރޮޖާރސް ވަނީ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފައެވެ. ޝަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޗެލްސީ އިން ވަނީ މި ސީޒަނުގައި ކުޅުނު ގިނަ މެޗުތަކުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ނަމަވެސް ގިނައިރުތަކެއް ނުވަނީސް ބައިކޮޅަށް ލަނޑުތަކެއް ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް ވަދެފައެވެ.

ހަލް ސިޓީ އިން ވަނީ މެޗުގެ 28 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ބެލޫމީ އެވެ. އަދި މެޗުގެ 34 ވަނަ މިނިޓުގައި ބެލޫމީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. ދެވަނަ ހާފަށް ނިކުތްއިރު ހަޓޯގެ ބަދަލުގައި ޕެޕް ޗަވާރިއާ ކުޅެން އެރުވި ނަމަވެސް ޗެލްސީއަށް ވަނީ ހަލް ސިޓީގެ ޑިފެންސް ލައިން ފޫއަޅުވާލުމަށް އެ ޓީމަށް ވަނީ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

HajjCop_ads
Advertisement

ޗެލްސީއަށް މި މެޗުގެ ނަތީޖާ އެއްވަރު ކުރެވިފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައި ކޯލް މާޕާ އަރިމަތިން ނަގައިދިން ހުރަހަކުން ޖޮއާއޯ ޕެޑްރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ނަތީޖާ އާއިއެކު ޕްރިމިއާ ލީގުގައި ޗެލްސީ މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު އެއް މެޗުން ބަލިވެ އެއް މެޗު ވަނީ އެއްވަރުވެފައެވެ. ޗެލްސީއިން ޖުމްލަ 10 ލަނޑު މި ހަތަރު މެޗުގައި ޖަހާފައިވީ ނަމަވެސް ބައިކޮޅަށް ވަނީ 9 ލަނޑު ވަދެފައެވެ.

މެޗަށްފަހު ޗެލްސީގެ ކޯޗު ޒަބީ އަލޮންސޯ ބުނީ ޗެލްސީގެ ޑިފެންސް ލައިނާއި މުޅި ޓީމު ވެސް ގުޅިގެން ކުޅެ ނަތީޖާ ނެރެން ވަގުތު ނަގާނެ ކަމަށެވެ. އޭނާ ބުނީ މި މެޗުގައި ފަހަތަށް ކުޅޭ ކުޅުންތެރިން ބަދަލު ކުރީ ކުޅުންތެރިން ޓެސްޓް ކުރަން ކަމަށާއި އެކިއެކި ކުޅުންތެރިންގެ ހުނަރާއި ގާބިލް ކަމަށް ބަލާފައި ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Getty

ފަހަތުން އަރައި ލީޑްސްކޮޅަށް 6 ލަނޑުޖަހައި ޗެލްސީ ލީގު ކަޕްގެ އަނެއް ބުރަށް

2293813389

ފަހުވަގުތު ލަނޑުޖަގައި އެވަޓަންއިން ޔުނިޓެޑު ހުއްޓުވައިފި

GettyImages 2184029540 1024x683

ފަހަތުން އަރައި އާސެނަލުން ޗެލްސީ ބަލިކޮށްފި

Images (1)

އާސެނަލްއަށް ހަނި މޮޅެއް