ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ ޔުނައިޓް ލީގު ކަޕުން ކަޓައިފި

C196240c7f5861dfa9b78530236f6912
STO_Ads
Maldivian_Ads
TTH_Ads
Advertisement

އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުން ބްރައިޓަން ހޯލްްވް އެންޑް އަލްބިއަން އަތުން 3-2 އިން މެންޗެސްޓަރ ޔުނައިޓެޑް ލަދުވެތިގޮތަކަށް ބަލިވެ މުބާރާތުން ކަޓައިފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު މިމެޗު ބްރައިޓަންއިން ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑުން 2 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ 3 ލަނޑު 2 ލަނޑުންނެވެ.

މިއީ މީގެ ބައި ގަރުނު ނުވަތަ 50 އަހަރު ކުރިން 1976ވަނަ އަހަރު ޓޮޓްނަމް ހޮޓްސްޕަރ އަތުން ބަލިވި ފަހުން އަމިއްލަ ދަނޑުގައި 2 ލަނޑުގެ ލީޑެއްގައި އޮވެ ޔުނައިޓެޑް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މެންޗެސްޓަރ ސިޓީއާ ބައްދަލުކޮށް ބަލިވި މެޗުގައި ކުޅުނު ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސް ޔުނައިޓެޑުން މިމެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ.

މިގޮތުން މެޗުގެ 8 ވަނަ މިނެޓުގައި ޔުނައިޓެޑުންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔުނައިޓެޑްގެ ސީނިއަރ ޓީމުގެ ފުރަތަމަ އެގާރައިގާ ހިމެނިގެން ފުރަތަމަ މެޗު ކުޅެމުންދިޔަ ޒުވާން ކުޅުންތެރިޔާ ޝެއާ ލެސޭއެވެ. އަދި މިލަނޑު ޖެހިތާ 2 މިނެޓް ފަހުން މޭސަން މައުންޓް ކާމިޔާބު ކޮށްދިން ލަނޑާއެކު މިމެޗު ޔުނައިޓެޑުން ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފާނެކަމަށް ބެލެވުނެވެ. ނަމަވެސް މިދެ ލަނޑާއެކު ދެން ފެނިގެންދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރައިޓަން އިން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް ހިތްވަރު އާކުރި ތަނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޗަރަލަމްޕޯސް ކޮސްޓޮއުލާސްއެވެ.

HajjCop_ads
Advertisement

މިމެޗުގައި ބްރައިޓަން އިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 65 ވަނަ މިނެޓުގައި ކެޕްޓަން ޕަސްކަލް ގްރޮސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މިލަނޑު ޖެހިތާ 4 މިނެޓް ފަހުން މެކްސިމް ޑި ކައިޕަރ ޖަހައިދިން ލަނޑުން މިމެޗުގައި ބްރައިޓަން އިން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މިލަނޑާއެކު މެޗުން ނަތީޖާއެއް ނެރުމަށްޓަކައި ޔުނައިޓެޑުން އެޓީމުގެ ފުރަތަމަ އެގާރައިގާ އާންމުކޮށް ކުޅޭ ގިނަ ކުޅުންތެރިން ދެވަނަ ހާފުގައި ކުޅެން އެރުވިތަން ފެނިގެންދިޔައެވެ. ނަމަވެސް މިއާއެކުވެސް އެޓީމަށް ބްރައިޓަންގެ ގޯލް އިތުރަށް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މިމެޗުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ޔުނައިޓެޑްގެ މާކަސް ރަޝްފަޑްއަށް ލިބިގެންދިޔަ ނަމަވެސް އޭނާ ފޮނުވާލި ހަމަލާވަނީ ޖޭސަން ސްޓީލް ދިފާއު ކޮށްފައެވެ. އަދި ބްރައިޓަންއަށް ހަތަރު ވަނަ ލަނޑެއް ނުޖެހި ސަލާމަތްވީ ކީޕަރ ކާލް ޑާލޯގެ ހުށިޔާރުކަމުންނެވެ.

ޔުނައިޓެޑްވަނީ މިދިޔަ އަހަރުގެ އެފް އޭ ކަޕްގައިވެސް ބްރައިޓެޑް އަތުން ބަލިވެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2295073812

ކުޅުންތެރިއަކު މަދުކޮށްކުޅެ، ސިޓީން ޔުނައިޓެޑު ބަލިކޮށްފި

0 GettyImages

މެންޗެސްޓަރ ޔުނައިޓެޑަށް ފަސޭހަ މޮޅެއް

Getty

ފަހަތުން އަރައި ލީޑްސްކޮޅަށް 6 ލަނޑުޖަހައި ޗެލްސީ ލީގު ކަޕްގެ އަނެއް ބުރަށް

2293813389

ފަހުވަގުތު ލަނޑުޖަގައި އެވަޓަންއިން ޔުނިޓެޑު ހުއްޓުވައިފި