ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަފީނިއާގެ 2 ލަނޑާއެކު ބާސެލާނެ މޮޅު ފެށުމެއް

Images (3)
TTH_Ads
Maldivian_Ads
STO_Ads
Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއިން ފެނޫޑްއާ ދެކޮޅަށް ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީވެސް ބަސެލޯނާއިންނެވެ. ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި ލަމީން ޔަމާލް ދިން ޕާހަކުން ރަފީނިއާ ވަނީ ލަނޑެއް ޖަހާ އެޓީމަށް ކުރި ހޯދައިދިނެވެ. މި މެޗުގައި ބާސެލޯނާ އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 22 ވަނަ މިނިޓުގައި ކަރީމް އަޑެޔޭމީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮތްއިރު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

HajjCop_ads
Advertisement

ބާސެލޯނާ އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލަމީން ޔަމާލްއެވެ. ފެނޫޑް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 82 ވަނަ މިނިޓުގައި ސެމް ސްޓެއިން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ގެބްރިއެލް ޖީސުސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފައެވެ. މިއީ އޭނާ ބާސެލޯނާ އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ބާސެލޯނާ އާއިއެކު 06-2005 ގެ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޖިއޮވާނީ ވެން ބްރޮންކްހޯސްޓްގެ އިރުޝާދުގެ ދަށުން ކުޅުނު ފެނޫޑް އާއި ދެކޮޅަށް ބާސެލޯނާ އިން ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުގެ %71 ޑޮމިނޭޓް ކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

F5569e79773d0244d37b1ab06a653677

ފެރާން ޓޯރޭޒްގެ ހެޓްރިކުން ޕީއެސްޖީން ފެށީ ބޮޑު މޮޅަކުން

0a081b556b4a51f25cb85fb429862373

ފަސް ލަނޑުން ވެލެންސިއާ ބަލިކޮށް ބާސެލޯނާ ތާވަލުގެ ކުރިއަށް

1d42f7a6755b4ff52a4a709ff4dd189a

ބާސެލޯނާގެ ކެޕްޓަންކަން ފުރަތަމަ ފަހަރަށް ބްރެޒިލްގެ ކުޅުންތެރިއަކަށް

Ac63533570970182b40834f22115fd81

ރަފީނިއާއާއި ޔަމާލްގެ ލަނޑުތަކުން ބާސާ ފަހަތުން އަރައި ރަޔޯ ބަލިކޮށްފި