ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މި ސީޒަންގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން: ބާސެލޯނާގެ ރައީސް

Images (15)
Maldivian_Ads
TTH_Ads
STO_Ads
Advertisement

ބާސެލޯނާގެ އަމާޒަކީ މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުންކަމަށް ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ބާސެލޯނާގެ އެކްސްކޯ ބައްދަލުވުމުގެ ހަވާސާގައި ވާހަކަ ދައްކަވަމުން ލަޕޯޓާ ވިދާޅުވީ އޭނާގެ ރައީސްކަމުގައި ފާއިތުވެދިޔަ ފަސް އަހަރަށްވުރެ ހުރިހާ ގޮތަކުންވެސް މި ސީޒަނަށް ޓީމު ވަރުގަދަ ކުރީ ޔޫރަޕުގެ އެންމެ ޝަރަފުވެރި ތައްޓަށް އަމާޒު ކޮށްގެންކަމަށެވެ.

އަހަރުމެން ހުރިހާ ތަށްޓަކަށް ވެސް ވާދަ ކުރާނަން. ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަކަޕް އަދި ކޮޕާ ޑެލްރޭގެ އިތުރުން އެންމެ އިސް ޓާގެޓަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން. މިހާރު އޮތް ޓީމަކީ އެ ޓާގެޓަށް ވާސިލް ވެވޭނެ ޓީމެއް.

HajjCop_ads
Advertisement

ބާސާގެ ރައީސް ލަޕޯޓާ ވިދާޅުވިއެވެ.

ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ފޯވަޑެއް ގެންނާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ލަޕޯޓާ ވިދާޅުވީ ބާސެލޯނާއަށް ބޭނުންވާ ކުޅުންތެރިން ހޯދަން ކޯޗު އިރުޝާދުދީފިނަމަ އެކަންކަން ހާސިލްކުރަން މެނޭޖްމަންޓުން މަސައްކަތް ކުރާނެކަމަށެވެ.

މި ސީޒަނަށް ބާސެލޯނާގެ އެންމެ އިސް ޓާގެޓަށްވީ ފޯވަޑް ލައިނަށް އެތްލެޓިކޯ މެޑްރިޑަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ގެނައުމެވެ. ނަމަވެސް ބާސެލޯނާ އަށް އޭނާ ވިއްކަން އެ ކުލަބުން ވަނީ ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ޖެނުއަރީގައި މިކަމަށް ބާސެލޯނާ އަނެއްކާ ވެސް މަސައްކަތް ކުރާނެ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެއެވެ.

އަހަރުމެން ކުރީ ވަރަށް ރަނގަޅު ކަމެއް. އަހަރުމެން 100 މިލިއަން ޔޫރޯ އޭނާއަށް ހުށަހެޅީ އެއީ ރަނގަޅު އަގެއް ކަމަށް ވާތީވެ. އަހަރުމެން ވަރަށް ޝައުގުވެރިވާ ކުޅުންތެރިއެއް އެއީ.

ބާސާގެ ރައީސް ލަޕޯޓާ ވިދާޅުވިއެވެ.

މި ސީޒަނަށް ބާސެލޯނާއިން ވަނީ ކުޅުންތެރިން ވިއްކައިގެން 100 މިލިއަން ޔޫރޯ ހޯދައި ކުޅުންތެރިން ގަތުމަށް 200 މިލިއަނަށްވުރެ ގިނައިން ހޭދަކޮށްފަ އެވެ. އަދި އާމްދަނީއަށް ބަލައި އެ ކުލަބުގެ މުސާރައިގެ ޖާގަ ސްޕެނިޝް ލީގުން ވަނީ ގާތްގަނޑަކަށް 600 މިލިއަނާ ގާތަށް އިތުރުކޮށްދީފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images (3)

ރަފީނިއާގެ 2 ލަނޑާއެކު ބާސެލާނެ މޮޅު ފެށުމެއް

F5569e79773d0244d37b1ab06a653677

ފެރާން ޓޯރޭޒްގެ ހެޓްރިކުން ޕީއެސްޖީން ފެށީ ބޮޑު މޮޅަކުން

0a081b556b4a51f25cb85fb429862373

ފަސް ލަނޑުން ވެލެންސިއާ ބަލިކޮށް ބާސެލޯނާ ތާވަލުގެ ކުރިއަށް

1d42f7a6755b4ff52a4a709ff4dd189a

ބާސެލޯނާގެ ކެޕްޓަންކަން ފުރަތަމަ ފަހަރަށް ބްރެޒިލްގެ ކުޅުންތެރިއަކަށް