ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެރާން ޓޯރޭޒްގެ ހެޓްރިކުން ޕީއެސްޖީން ފެށީ ބޮޑު މޮޅަކުން

F5569e79773d0244d37b1ab06a653677
TTH_Ads
STO_Ads
Maldivian_Ads
Advertisement

ފެރަން ޓޮރޭޒްގެ ހެޓްރިކާއެކު ޗެމްޕިއަންސް ލީގުގައި ޗެމްޕިއަން ޕީއެސްޖީން ބޮޑު މޮޅަކުން ފަށައިފިއެވެ.

ފާއިތުވި ދެ ސީޒަންގެ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން މިސީޒަންގައި ޗެމްޕިއަންސް ލީގު ފެށީ ސްލޮވާކިޔާގެ ސްލޮވަން ބްރަޓިސްލާވާ އަތުން ހޯދި 6-1 ގެ މޮޅުންނެވެ. މެޗުގައި ޕީއެސްޖީން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ބާސެލޯނާ ދޫކޮށް, ޕީއެސްޖީއަށް ބަދަލުވި ސްޕެއިންގެ ފެރަން ޓޮރޭޒް އެވެ. ސްޕެއިން އަށް ވޯލްޑްކަޕް ހޯދައިދޭން ފައިނަލް މެޗުގައި އާޖެންޓީނާ ކޮޅަށް ލަނޑު ޖެހި ފެރަން ޓޮރޭޒް ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ އެންމެ ފަހުން ބެލަންޑިއޯ އުފުލާލި ޑެމްބެލޭ އެވެ.

މެޗުގައި ޕީއެސްޖީގެ ފުރަތަމަ ދެ ލަނޑު ފުރަތަމަ ހާފްގައި ޖެހީވެސް ޑެމްބެލޭ އެވެ. ފެރަން ޓޮރޭޒްގެ ފުރަތަމަ ލަނޑާއެކު ފުރަތަމަ ހާފް ޕީއެސްޖީ ނިންމާލީ 3 ލަނޑުގެ ލީޑެއްގައެވެ. ފެރަން ޓޮރޭޒް ހެޓްރިކް ފުރިހަމަ ކުރީ ދެވަނަ ހާފް ފަށައިގެން ހަތް މިނިޓްގެ ތެރޭގައެވެ. ޕީއެސްޖީގެ ފަހު ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ޖެހީ ފަބިއަން ރުއިޒް އެވެ. އޭގެކުރިން ސްލޮވަން ބްރަޓިސްލާވާގެ ސުލޭމާން ކަމާރާ އޮތީ ދުރުން ފޮނުވާލި ބޯޅަ ގޯލަށް ފޮނުވާލައިގެން އެޓީމަށް ސުން ކަނޑުވާލަދީފައެވެ.

HajjCop_ads
Advertisement

މިމެޗުގައި ސްލޮވަން ބްރަޓިސްލާވާ އަށް އިރުޝާދުދިނީ ކުރިން މެންޗެސްޓަރ ސިޓީއަށް ކުޅުނު މިޑްފީލްޑަރ ޔާޔާ ޓޫރޭއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images (3)

ރަފީނިއާގެ 2 ލަނޑާއެކު ބާސެލާނެ މޮޅު ފެށުމެއް

އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން މުބާރާތުގެ ތަށި ދިފާއުކޮށްފި

ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ޕީއެސްޖީން ލީގު ޗެމްޕިއަންކަން ހޯދައިފި