ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުށި ބަނދަރުގެ ފުރިހަމަ ކޮންޓްރޯލް އޮތީ ދިވެހި ސަރުކާރަށް: މިނިސްޓްރީ

MPL
TTH_Ads
STO_Ads
Maldivian_Ads
Advertisement

ތިލަފުށީގައި ތަރައްގީކުރާ އިންޓަނޭޝަނަލް ބަނދަރުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށާއި، އެ ބަނދަރުގެ ތަރައްގީއާއި، މިލްކުވެރިކަމާއި، ހިންގުމުގެ ފުރިހަމަ ކޮންޓްރޯލް އޮތީ ދިވެހި ސަރުކާރުގެ އަތްމަތީގައި ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ދެވަލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ތިލަފުށީ އިންޓަނޭޝަނަލް ބަނދަރު ތަރައްގީކުރުމުގައި ދިވެހި ސަރުކާރުން ވަކި ބޭރުގެ ބައިވެރިއަކަށް އަނެއް ބައިވެރިއަކަށްވުރެ އިސްކަންދީފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ މިނިސްޓްރީން ބުނީ މި މަޝްރޫއު ހަވާލުކުރުމުގެ ނިންމުމަކީ ހަމައެކަނި ރާއްޖޭގެ ދުރުރާސްތާގެ ތަރައްގީގެ އިސްކަންދޭ ކަންކަމަށް ބަލައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެއްވެސް ބޭރުގެ ބައިވެރިއަކާމެދު ގޮތެއް ނިންމުން ނުވަތަ އެއްވެސް ގައުމަކާމެދު ބަހައްޓާ ގުޅުމަށް އައި ބަދަލެއް އަންގައިދޭ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

HajjCop_ads
Advertisement

ބަނދަރު ތަރައްގީކުރުމާއި، އޭގެ މިލްކުވެރިކަން އަދި ބަނދަރު ހިންގުން ކުރިއަށްދާނީ ދިވެހި ސަރުކާރުގެ ސީދާ ބެލުމުގެ ދަށުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖޭގެ ސިޔާދަތީ ބާރަކީ އެއްވެސް އިރެއްގައި ދޫދެވޭނެ ކަމެއް ނޫން ކަމަށާއި، ގާނޫނާއި ގައުމީ މަސްލަހަތު ތަންދޭ މިންވަރަށްވުރެ އިތުރަށް، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ނިންމުންތަކުގެ މައްޗަށް ބަސްބުނުމުގެ ހައްގެއް މާޒީގެ ނުވަތަ މިހާރުގެވެސް ބައިވެރިއަކަށް ނޯންނާނެ ކަމަށް ބަޔާނުގައިވެއެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ތިލަފުށި ބަނދަރަކީ ދިވެހި ރައްޔިތުންނަށާއި ގައުމުގެ ދުރުރާސްތާގެ ފާގަތިކަމަށްޓަކައި ތަރައްގީކުރެވޭ ތަނެއް ކަމަށެވެ.

“މި މަޝްރޫއު ހަވާލުކުރެވުނީ ސަރުކާރުގެ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން. މިއީ އަޅުގަނޑުމެންގެ އެއްވެސް ބައިވެރިއަކާމެދު ދެކޭގޮތް ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މާނަކޮށްގެން ނުވާނެ. ރާއްޖޭގެ ހުރިހާ ބައިވެރިންނަކީވެސް ސަރުކާރުން އަގުވަޒަންކުރާ ބައިވެރިން،” ސައީދު

ސަރުކާރުގެ ‘މާލްޑިވްސް-ފަސްޓް’ ނުވަތަ އިސްކަން ދިވެހިރާއްޖެއަށް ދިނުމުގެ ހާރިޖީ ސިޔާސަތަކީ އަބަދުވެސް ރާއްޖޭގެ ސިޔާދަތާއި ގައުމީ މަސްލަހަތު އިސްކޮށް، ބައިނަލްއަގުވާމީ ހުރިހާ ބައިވެރިންނާއެކުވެސް ބިނާކުރަނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމުގެ ސިޔާސަތެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

civil service office

ކުންފުނީގެ ޤާނޫނުގެ ދަށުން 28 ކުންފުންޏެއް އުވާލައިފި

Img md 202606190918021781842682.2569

އަތޮޅު ކައުންސިލް މައިގްރޭޝަނާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީއާ ބައްދަލުކޮށްފި

Minister Saeed

އަސާސީ ކާބޯތަކެތި އެއްވެސް ދަތިކަމެއްނެތި މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ: ސައީދު

މެދުކެނޑުމެއްނެތި ރާއްޖޭގެ އެކި ހިސާބުތަކަށް މުދާ އުފުލޭނެ ރޫޓުތަކެއް ކަނޑައަޅައިފި