ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާގައި 300 އަށްވުރެ ގިނަ ހަތީބުން

STO_Ads
Maldivian_Ads
TTH_Ads
Advertisement

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބާ ފާހަގަަކުރާ ސެޕްޓެންބަރު 13 ވަނަ ދުވަހު ފަށާ ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ ގައި 300 އަށް ވުރެ ގިނަ ހަތީބުން ބައިވެރިވާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މި މަހާސިންތާއަކީ ރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރުވުމުގެ މުނާސަބަތާ ގުޅިގެން، އަންނަ ޖީލުގައި އިސްލާމީ ޝިއާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ހަތީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ މަހާސިންތާއެއްކަމަށެވެ.

“މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ޚަޠީބުން ބައިވެރިވާނެ. ހުޅުމާލެގައި ބިންގާ އެޅިގެންދާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ޙަފްލާގައި ވެސް ޒުވާން ޚާޠީބުން ރަސްމީކޮށް ބައިވެރިވާނެ. އިންޝާ ﷲ.” ވަޒީރު

HajjCop_ads
Advertisement

ވަޒީރު ވިދާޅުވީ ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަގުބަލު އުޖާލާކޮށް ހިމާޔަތްކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަމެއްކަމަށެވެ. އަދި މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ހަތީބުން ތަމްރީނުކޮށްފައިވާއިރު، މިފަހަރުގެ މަހާސިންތާގައި އަތޮޅުތަކުން މާލެ އައުމަށް ބައެއް ހަތީބުންނަށް ދަތިތަކެއް ހުރުމާއި އިމްތިހާނުތަކާ ގުޅިގެން ބައެއް ހަތީބުންނަށް މަހާސިންތާއަށް ހާޒިރުނުވެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއެއް ބާއްވަން ނިންމައި މި މަހާސިންތާ ޝަރަފުވެރިކޮށްދެއްވުމަށް ވުޒާރާއިން ވަނީ މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީއަށް ދައުވަތު ދެއްވާފައެވެ.

ރާއްޖެ އިސްމާލްވި ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ރަބިޢުލްޢާޚިރް މަހުގެ ދެވަނަ ދުވަހެވެ. މީލާދީގޮތުން މިއަހަރު މިދުވަސްވަނީ ސެޕްޓެމްބަރ 13، 2026 އެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

haafizun

ދިވެހި ޙާފިޡުންގެ ޢަދަދު 322އަށް

Large thumb

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުން މިމަހު 13ގައި، ގިނަ ވަޞީލަތްތަކެއް ހުންނާނެ މިސްކިތެއް!

ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އިސްލާމްވި ދުވަހު އަޅަން ތައްޔާރުވަނީ

Big fxrHwFbxCa7NOfOvrtzv64kwb

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ސަޢުދީއަށް