ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

2029 ވަނަ އަހަރުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީ މާލީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވާނެ: ވަޒީރު ޝަހީމް

Nimaal
STO_Ads
TTH_Ads
Maldivian_Ads
Advertisement

މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މުއައްސަސާއަކަށް 2029 ވަނަ އަހަރުގެ ނިޔަލަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ހެއްދެވުމަކީ އެ ވުޒާރާގެ މައިގަނޑު އަމާޒު ކަމުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމާއި ވަޤުފް މަޝްރޫޢުތައް އިތުރަށް ހަރުދަނާކޮށް އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އެ ވުޒާރާއިން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންގެ މުސާރަ ފިޔަވައި، އެ ވުޒާރާގެ އިދާރީ ހިންގުމާއި އިސްލާމީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ މާލީ ވަސީލަތްތަކުން އެ ޚަރަދުތައް ހަމަޖެއްސުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒަކާތުގެ ފަންޑުތައް ބޭނުންކުރެވޭނީ ޝަރުޢީ ހަމަތަކުގެ މަތިންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ވަޤުފް އިންވެސްޓްމަންޓްތަކުން ލިބޭ މަންފާ ބޭނުންކުރާނީ އެ ވަޤުފެއް ކަނޑައެޅިފައިވާ މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. މީގެ އިތުރުން، 2028 ވަނަ އަހަރުގެ ނިޔަލަށް ވަޤުފްގެ 8 މަޝްރޫޢެއް ނިންމައި، އެ ވުޒާރާގެ މާލީ ބިންގާ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި އިސްނެގުމަކީ ރާއްޖޭގެ އިސްލާމީ ދަޢުވަތު ކުރިއެރުވުމަށްޓަކައި ވުޒާރާގެ މުއައްސަސާވީ ޤާބިލުކަން ދެމެހެއްޓެނިވި ގޮތެއްގައި ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ދެކެއެވެ. އެގޮތުން މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުން، އިސްލާމީ ތަޢުލީމު ފުޅާކުރުން، އިމާމުންނާއި ދީނީ ޢިލްމުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން، އަދި ޤުރުއާން އުނގަންނައިދިނުމުގެ މަޝްރޫޢުތައް ހިންގުން ފަދަ ދީނީ އަދި އިޖުތިމާޢީ ތަރައްޤީގެ މުހިންމު ޚިދުމަތްތައް މީގެ ތެރޭގައި ހިމެނެއެވެ.

ޑރ. ޝަހީމް ވިދާޅުވީ، މިއީ މާލީ މިނިވަންކަމާއި ދެމެހެއްޓެނިވި ވަޤުފް ތަރައްޤީއަށް އެޅޭ އިންގިލާބީ ފިޔަވަޅެއް ކަމަށެވެ. އަދި މިއީ އަންނާން އޮތް ޖީލުތަކަށް އިސްލާމީ ޚިދުމަތުގެ ދާއިރާއިން ދޫކޮށްލެވޭ އަގުހުރި ތަރިކައެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

809183947 1611321023980848 406873853677267315 n

ވަޤުފު ފުޅާކޮށް އިސްލާމީ ކަންކަން ކުރިއެރުވުމުގެ އައު ބާބެއް!

Gojjtdiacaaulof

އަންނަ ރަމަޟާން މަހަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 14 މިސްކިތެއް ހުޅުވޭނެ: ޝަހީމް

WhatsApp Image 2026 10 15 at 11.26.37

ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް “އުރީދޫ މަސްޖިދުނާ” އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފި

dr shaheem

ސަޢުދީއަށް ދެމުންދާ ހަމަލާތަކުން ޢުމްރާވެރިންނަށް ނުރައްކަލެއް ނެތް: ޝަހީމް