ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އިންޓަރނޭޝަނަކް ކޯޓު އޮފް ޖަސްޓިސްގައި އަޑުއެހުންތައް ކުރިއަށްދަނީ:
TTH_Ads
STO_Ads
Maldivian_Ads
Advertisement

އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތަކަށް ވާގިވެރިވާތީ ނިކަރާގުއާއިން ޖަރުމަނުވިލާތާ ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށަހެޅި މައްސަލަ ބަލަން ފަށައިފިއެވެ.

ނިކަރާގުއާއިން ބުނަނީ، އދގެ ޖެނޮސައިޑް ކޮންވެންޝަނާއި އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނާ ޚިލާފްވެ، ޖަރުމަނުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީ އަދި ޣައްޒާގެ ނަސްލުނައްތާލަން އިސްރާއީލަށް ވާގިވެރިވަމުންދާ ކަމަށެވެ.

މިއީ، މީގެ ދެއަހަރުކުރިން ނިކަރާގުއައިން އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ.

HajjCop_ads
Advertisement

މައްސަލައިގެ ފުރަތަމަ އަޑުއެހުން ހޭގްގައި މިއަދު 3 ގަޑިއިރަށް ކުރިއަށްދިޔައެވެ.

ޖަރުމަނު ސަރުކާރުގެ ވަކީލުންވަނީ މައްސަލަ ކޯޓުން ބޭރުކޮށްދިނުމަށް އެދި ފަނޑިޔާރުންގެ ކުރިމަތީގައި އެތައް ވާހަކަތަކެއް ދައްކާފައެވެ. މި މައްސަލަ ބެލުމުގެ ގާނޫނީ ހައިސިއްޔަތެއް ކޯޓަށް ލިބިގެން ނުވާ ކަމަށާއި، މިއީ ކޯޓުގެ އިހްތިސާސްގައި ހިމެނޭ މައްސަލައެއް ނޫން ކަމަށާއި، މި މައްސަލަ ކޯޓުން ބަލައިގެންފިނަމަ މިއީ ވަރަށް ނުރައްކާތެރި ކަމެއްގެ ފެށުން ކަމަށްބުނެ ވަކީލުން އިންޒާރުވެސް ދީފައި ވެއެވެ.

ޖަރުމަނުވިލާތުގެ ވަކީލުން ބުނަނީ، ޣައްޒާގައި ހިނގަމުންދާ “ކަންތައްތަކަކީ” ޖަރުމަނާ ގުޅުންހުރި އަދި ނިކަރާގުއާއާވެސް ގުޅުންހުރި ކަމެއް ނޫން ކަމަށާއި، މި މައްސަލަ ކޯޓުން ބޭރުކުރަންޖެހޭ ކަމަށެވެ.

އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލާގައި ނިކަރާގުއާއިން ބުނެފައިވަނީ، ޖެނޮސައިޑް ކޮންވެޝަންގެ ދަށުން ނަސްލުނައްތާލުމުގެ ޖަރީމާއެއް ހިންގާކަމަށް ވާނަމަ އެކަމެއް ހުއްޓުވުމުގެ ޒިންމާ ކޮންމެ ގައުމެއްގެ މައްޗަށްވެސް އޮންނާނެ ކަމަށާއި، އެއީ ޖަރުމަނުގެވެސް ޒިންމާއެއް ކަމަށެވެ.

ނިކަރާގުއާއިން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ޖަރުމަނުން އިސްރާއީލަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އަސްކަރީ ހަތިޔާރު އެކްސްޕޯޓް ކުރަމުންދާ ކަމަށާއި، މިއީ ސާފުކޮށް ނަސްލު ނައްތާލުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ.

އިސްރާއީލަށް ފޯރުކޮށްދޭ ހަތިޔާރުގެ މިންވަރު މަދުކޮށްފައިވާ ކަމަށް ޖަރުމަނުގެ ވަކީލުން ކޯޓުގައި ބުނިނަމަވެސް، މިއަހަރުގެ މިހާތަނަށް އެކަނިވެސް ޖަރުމަނުން އިސްރާއީލަށް 930 މިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދީފައިވާ ކަމަށް، ޖަރުމަނުގެ ނޫހަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ނިކަރާގުއާއިން ބުނެފައިވަނީ، ޖަރުމަނު ސަރުކާރުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމާއި، މާލީ އެހީ ފޯރުކޮށްދިނުމާއި އަދި އިސްރާއީލު ދިފާއުކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ޖަރުމަނަކީ ޣައްޒާގެ ނަސްލުނައްތާލުމުގެ ސީދާ ބައިވެރިއެއް ކަމަށެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި ޖަރުމަނު ސަރުކާރުގެ ވަކީލުން ދެއްކި ވާހަކަތަކަށް ނިކަރާގުއާގެ ވަކީލުން މާދަމާގެ އަޑުއެހުމުގައި ޖަވާބުދޭނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިނަލްއަގްވާމީ ގާނޫނުތަކަށް އިސްރާއީލު ކިޔަމަންކުރުވުމަށް އީރާނުން ސަލާމަތީ މަޖިލީހަށް ގޮވާލައިފި

އީރާނަށް އިސްވެ ހަމަލާދޭން އިސްރާއީލުން ނޫޅޭ ކަމަށް ނަތަންޔާހޫ ބުނެފި

އެއްބަސްވުމަށް އެއްއަހަރު: މިއަދު އެކަނިވެސް ޣައްޒާއިން 9 މީހުން ޝަހީދުކޮށްލައިފި

ރިޔާސީ އިންތިޚާބާ އެއްދުވަހެއްގައި ބާއްވަން، ފަލަސްތީނު ޕާލަމެންޓް އިންތިޚާބު އަންނަ އަހަރަށް ފަސްކޮށްފި