ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރަހައްދުގައި ހުރި އެމެރިކާގެ ތެލާއި ގޭހުގެ ކުންފުނިތަކަށް ހަމަލާދޭނޭ ކަމުގެ އިންޒާރު އީރާނުން ދީފި

އީރާނު ޕާލަމެންޓުގެ ރައީސް ޑރ. މުހައްމަދު ބާގިރު ގާލިބާފް
Maldivian_Ads
STO_Ads
TTH_Ads
Advertisement

ސަރަހައްދުގައި ހުރި އެމެރިކާގެ ތެލާއި ގޭހުގެ ކުންފުނިތަކަށް ހަމަލާދޭނޭ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުން މި އިންޒާރުދިނީ، އީރާނުގެ ހުރިހާ ތެޔޮ ޓޭންކަރުތައް ގޮއްވާލާނޭ ކަމަށް އެމެރިކާގެ ހަނގުރާމައިގެ ވަޒީރު ޕީޓު ހެގްސެތު ކުރި އިންޒާރާ ގުޅިގެންނެވެ.

ޕީޓު ހެގްސެތު ބުނީ، އެމެރިކާ ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް އީރާނުން ހަމަލާދޭނަމަ އީރާނުގެ ހުރިހާ ތެޔޮ ޓޭންކަރުތައް ގޮއްވާލާނޭ ކަމަށެވެ.

HajjCop_ads
Advertisement

މިކަމާ ގުޅިގެން އީރާނު ޕާލަމެންޓުގެ ރައީސް ޑރ. މުހައްމަދު ބާގިރު ގާލިބާފް އެކްސްގައި ޕޯސްޓް ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އީރާނުގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާ ދީފިނަމަ ސަރަހައްދުގައި ހުރި އެމެރިކާގެ މަސްލަހަތު އޮންނަ ތެލާއި ގޭހުގެ އެއްވެސް ކުންފުންޏެއް ސަލާމަތް ނުވާނޭ ކަމަށެވެ.

އެމެރިކާއިން ހަމަލާ ދީފިނަމަ އީރާނުން އެ ތަންތަނަށް ހަމަލާދޭނޭ ކަމަށްވެސް ގާލިބާފް ވިދާޅުވެފައި ވެއެވެ.

އެކަމުގެ ގާބިލްކަން އީރާނަށް ލިބިގެންވާކަން މީގެކުރިން ސާބިތުކޮށްދީފައިވާނޭ ކަމަށާއި، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ބަލާލުމުންވެސް އެކަން އެނގޭނޭ ކަމަށް އީރާނު ޕާލަމެންޓުގެ ރައީސް ވިދާޅުވެފައި ވެއެވެ.

ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރި އީރާނުގެ ތެޔޮ ޓޭންކަރު ތަކަކަށް އެމެރިކާ ސިފައިން އިހަށްދުވަހު ހަމަލާދިނުމާ ގުޅިގެން އީރާނުގެ ކަނޑުގެ ސިފައިންވަނީ، އެމެރިކާ ސިފައިންގެ ތިން މަނަވަރަކަށާއި، އެމެރިކާގެ ތިން ތެޔޮ ޓޭންކަރަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

މި ހަމަލާތަކުގައި މަނަވަރުތަކާއި ޓޭންކަރުތަކަށް ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި

އީރާނުން އެއްވަގުތެއްގައިދިން އެންމެ ވަރުގަދަ ހަމަލާ؛ އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ޓޭންކަރަކަށް

ދެން އޮންނާނީ ޓޭންކަރަކަށް ޓޭންކަރެއް އުސޫލު: އެމެރިކާ