ފްލެޓްތަކުގެ ރެއިލިން މަރާމާތުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލި ފުރުޞަތުގައި 500އެއްހާ ޔުނިޓުން އެކަމަށް އެދިއްޖެއެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެންމެދު އިމާރާތްތަކުގެ ސަލަމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް އެޗްޑީސީން ފަށައި، މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ޔުނިޓްތަކުން އެދުމަށް ހުޅުވާލީ ސެޕްޓެންބަރު ތިންވަނަ ދުވަހުއެވެ. އެގޮތުން ސެޕްޓެންބަރު މަހުގެ 30ވަނަ ދުވަހު، 12:00ގެ ކުރިން އެންގުމަށް ވަނީ އެދިފައެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ބެލްކަނީ އަދި ކުޑަދޮރުތަކުގެ ރެއިލިންގ މަރާމާތުކުރުމަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެ އިމާރާތްތަކުގެ ހާލަތު ބެލުމަށް ކުރިއަށްދާ އިންސްޕެކްޝަންގެ ތެރެއިން.

އަމާޒަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުން. …

 

އިޝްތިހާރު އިޝްތިހާރު

އެޗްޑީސީން ބުނީ ރިކުއެސްޓްތަކަށް ބަލާ، ފްލެޓްތަކުގެ އިންސްޕެޝަންގެ މަސައްކަތްތައް މިހާރު ފަށާފަވާކަމަށެވެ. އެގޮތުން ގޭގެއަށް ގޮސް، ހާލަތު ބަލާ، މަޢުލުމާތު އޮޅުންފިލުމުގެ މަސައްކަތްތައް މި އިންސްޕެކްޝަން ވިސިޓްތަކުގެ ތެރެއިން ދަނީ ކުރިއަށްގެންދަމުންނެވެ. 500އެއްހާ ރިކުއެސްޓް މިހާތަނަށް ލިބިފަވާއިރު، ވީހާވެސް އަވަހަށް އެގެތަކަށް ޒިޔާރަތްކޮށް ހާލަތު ބެލުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.

ފްލެޓްތަކުގެ ބެލްކަނީގެ ރެއިލިންއާއި ކުޑަދޮރުތަކުގައި ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅުތައް ބަލަމުންދާކަމަށާއި، އެގޮތުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމުގެ އިތުރުން، ބެލްކަނި އުސްކުރުމާއި ކުޑަދޮރުގައި ގްރިލް ޖެހުމަށް އެހީތެރިކަން އެޗްޑީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިއުން ހިމެނޭކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް މިފަދަ ބޮޑެތި ބަދަލުތައް ގެންނާނީ، އެފަދަ ގެތަށް ވަރަށް ރަނގަޅަށް ދެނެގަތުމަށް ފަހުކަމަށާއި،  އެގޮތުން ނުކުޅެދުންތެރިކަމާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަދި ކުޑަކުދިންނާއި ނަފްސާނީ ބަލިތަކުގެ މީހުންގެ ގޭގެއަށް އިސްކަންދީގެންކަމަށްވެސް ބުންޏެވެ.

މުޅި ޕްރޮގްރާމަކީ ރައްޔިތުންގެ ޙާލަތު ގާތުން ބަލާ، ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކާއި ކުދިންގެ ރައްކާތެރިކަމަށް ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ. އަދި މިފަދަ ތަންތަނުގައި ހުންނަ މައްސަލަތުގެ ސަބަބުން ދިމާވާ ނުރައްކާތެރި ޙާދިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެކެވެ. ސެޕްޓެންބަރު މަހުގެ 30ވަނަ ދުވަހު، 12:00ގެ ކުރިން މި ފުރުޞަތަށް އެދި ރިކުއެސްޓް ކުރެވޭނެއެވެ. މިކަމަށް އެދޭ ގޫގުލް ފޯމުގެ ލިންކް އެޗްޑީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ލިބޭނެއެވެ.