ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައުސިންގ ޔުނިޓްތަކުގެ ތެރެއިން %50 ކުލި ނުދައްކާ: އެޗްޑީސީ އެމްޑީ

Big Wmnpm76gTZr7hKoROv90ZFkA1
TTH_Ads
STO_Ads
Maldivian_Ads
Advertisement

ހުޅުމާލޭގެ ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުން ގަވާއިދުން ކުލި ނުދައްކާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ފޮނުވި “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަލީ ޒުހައިރު ވިދާޅުވީ، ހުޅުމާލޭގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި 12،000 އަށް ވުރެ ގިނަ ފްލެޓް އެބަހުރި ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ، ޚާއްޞަކޮށް މާލީ ދަތިތަކާ ގުޅިގެން މީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބައި ފަރާތްތަކުން ކުލި ނުދައްކާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލީ ޒުހައިރު އިތުރަށް ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 172 މަޝްރޫޢެއްގެ ތެރެއިން ސެމީ ލަގްޒަރީ އަދި ލަގްޒަރީގެ 12،831 އެޕާޓްމަންޓް މިހާރުވެސް އެބަހުއްޓެވެ. މީގެ އިތުރުން ސެމީ ލަގްޒަރީގެ 1،763 ޔުނިޓާއި ލަގްޒަރީގެ 1،400 ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

HajjCop_ads
Advertisement

ސޯޝަލް ހައުސިންގ ފްލެޓްތައް ނަހަމަ ގޮތުގައި ކުއްޔަށް ދިނުމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން އެމްޑީ ވިދާޅުވީ، ބޭރު މީހުންނަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ފާހަގަކުރެވުނު ފްލެޓްތައް ވަކި މުއްދަތެއްގެ ތެރޭގައި ހުސްކުރުމަށް އެންގި ކަމަށާއި، ގިނަ ފަރާތްތަކުން އެ އެންގުމަށް އިޖާބަދީފައިވާ ކަމަށެވެ. އަދި ޤަވާޢިދާ ޚިލާފަށް ފްލެޓް ކުއްޔަށްދޭ ފަރާތްތައް މޮނިޓަރކޮށް، އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އަބަދުވެސް އަޅަމުން ގެންދާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތަކާ ގުޅޭގޮތުން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި އަރާފައިވާ 1.9 މިލިއަނެއްހާ ރުފިޔާގެ ޖޫރިމަނާ ވަނީ މަޢާފްކޮށްދީފައެވެ. އަދި 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައްވެސް އެއްކޮށް މަޢާފްކޮށްދީފައިވެއެވެ.

ދެ ކޮޓަރީގެ ހިޔާ އެޕާޓްމަންޓްތަކުގެ މަހު ކުއްޔަކީ 3،984 ރުފިޔާއެވެ. މީގެ އިތުރުން މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1،000 ރުފިޔާއާއެކު، ކޮންމެ އެޕާޓްމަންޓަކުން މަހަކު ދައްކަން ޖެހެނީ ޖުމްލަ 4،984 ރުފިޔާއެވެ.

 

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިތުގެ ދުވަހާ ގުޅިގެން މުޅި ރާއްޖޭގައި ޚާއްސަ ހަރަކާތްތަކެއް ބާއްވައިފި

އެމްޓީޑީސީގެ ޗެއާމަނަކަށް ޝަހީރު އައްޔަންކޮށްފި

HRjKDQraQAAleI6

ރެއިލިން ހަރުކުރަން އެއްދުވަސްތެރޭ 500އެއްހާ ފްލެޓުން އެދިއްޖެ

ހުޅުމާލޭގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ ފުލުހުން އެޗްޑީސީއާއެކު ބައްދަލުވުމެއް