ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރީ-އެމްޕްލޯއިމަންޓް ޤާނޫނުގެ ދަށުން އެމްއެމްއޭއިން ވަޒީފާދޭ އުސޫލު އާންމުކޮށްފި

MMA
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރީ-އެމްޕްލޯއިމަންޓް ޤާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވަޒީފާދޭ އުސޫލު އާންމުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު ތަސްދީގު ކުރައްވާފައި ވަނީ މިއަހަރުއެވެ.

މި ގާނޫނަކީ، އުމުރުން 65 އަހަރުވުމުން ރިޓަޔަރވާން ޖެހުނު ނަމަވެސް، އެއަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން އެކުލަވާލެއްވި ގާނޫނެކެވެ. މި ގާނޫނުގެ ދަށުން އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

HajjCop_ads
Advertisement

އެމްއެމްއޭއިން އާންމުކުރި ގަވާއިދުގައި ވަނީ، އެ އިދާރާގައި ރީ-އެމްޕްލޯއިމަންޓްގެ ގާނޫނުގެ ދަށުން އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ މުވައްޒަފުންނަށް ވަޒީފާ ހަމަޖައްސައިދޭނީ 12 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. މި އެއްބަސްވުން ކުރިއަށްގެންދާނީ އަހަރުން އަހަރަށް އައު ކުރާ އުސޫލުން ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މި ގަވާއިދުގެ ދަށުން 75 އަހަރުވަންދެން ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ލިބިގެންދާނީ އެ އުމުރާ ހަމައަށް އެމްއެމްއޭގައި ދެމިހުންނަން އެދޭ ފަރާތްތަކަށާއި ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ ފަރާތްތަކުން ގާވާއިދަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އަލުން ވަޒީފާ ހަމަޖައްސަން އެދެން ޖެހޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން، އަލުން ވަޒީފާ ހަމަޖެހޭނީ އުމުރުން 75 އަހަރު ހަމަވުމާ ދެމެދު މަދުވެގެން 13 މަސް އޮތް ފަރާތްތަކަށް ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި އެ އިދާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެ އިދާރާގެ ދާއިމީ މުވައްޒަފަކު ވަޒީފާގައި ދެމިހުންނަން އެދޭނަމަ، އެ މީހެއްގެ އުމުރުން 65 އަހަރު ފުރުމުގެ 6 މަސް ދުވަހުގެ ކުރިން އެކަމަށް އެދި އެ އޮތޯރިޓީއަށް ހުށަހަޅަންޖެހޭނެއެވެ.

ގަވާއިދުގައިވާ ގޮތުން މި އުސޫލުގެ ދަށުން ވަޒީފާ ދޭއިރު، ޕެންޝަން ލިބޭ އުމުރު ހަމަވި ވަގުތު އަދާކުރަމުންދިޔަ މަގާމު ނުވަތަ އެ ނޫން އެހެން މަގާމެއް ވެސް ހަމަޖައްސައިދެވިދާނެއެވެ. މީގެއިތުރުން، ކުރީގެ މަގާމުގެ ޒިންމާތަކާއި، ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތަކަށް ބަދަލު ގެނައުމަށްފަހު ވަޒީފާ ދިނުމުގެ އިޚްތިޔާރު ވެސް އޮންނާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި މި ގަވާއިދުގެ ދަށުން އަލުން ވަޒީފާ ދެވޭ މުވައްޒަފުންގެ އުޖޫރަ ހަމަޖައްސާނީ، ނޭޝަނަލް ޕޭ ކޮމިޝަނުގެ އުސޫލުތަކަށް ރިއާޔަތްކުރައްވައި އެމްއެމްއޭގެ ގަވަރުނަރެވެ. މީގެއިތުރުން، ވަޒީފާ ހަމަޖެހުމަށްފަހު އަމިއްލަ އެދުމަށް ވަކިވާން އެދޭނަމަ، އެންމެ ކުޑަމިނުން 21 ދުވަހުގެ ނޯޓިހެއް ހުށަހަޅަންޖެހޭނެ ކަމަށް އެމްއެމްއޭގެ ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ޕީއެސްޕީތަކުގެ މާލީ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އެމްއެމްއޭއިން މުހިންމު ފިޔަވަޅުތަކެއް

Police vcle

ލައިސަންސް ނެތި ޑޮލަރު ވިއްކާ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށް، އޮފީސް ބަލައިފާސްކުރަން ފަށައިފި

MMA

ދާޚިލީ ވުޒާރާގެ ނަމުގައި ސައްޙަ ނޫން ސިޓީއެއް ދައުރުކުރާތީ ސަމާލުވާން އެދެފި

mma

އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން ދެ ގަވާއިދެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފި